23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އައިޓީބީ ފެއަރ

ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް އިކުއެޓިކް ވައިބް ބޭންޑްގެ ހާއްސަ ލަވައެއް!

  • މި ލަވައަކީ އަމިއްލަ ރާގެއް
ސިމާހާ ނަސީމް | sim_kamana

| 9 މާރޗް 2019 | ހޮނިހިރު 17:56 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


މޯލްޑިވިއަން ނައިޓްގައި އިކުއެޓިކް ބޭންޑްގެ މެމްބަރުން ލަވަ ހުށަހަޅައިދެނީ -- އިކުއިޓިކް ވައިބް

އައިޓީބީގެ ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ރާއްޖޭގެ މިއުޒިކް ބޭންޑެއް ކަމަށް އިކުއެޓިކް ވައިބް ބޭންޑުން "މަގޭ ރާއްޖެ"ގެ ނަމުގައި ހާއްސަ ލަވައެއް ލޯންޗުކޮށްފިއެވެ.

މި ލަވައިގެ ތެރެއިން ދައްކުވައިދެނީ ރާއްޖޭގެ ރީތި ހިތްގައިމު މަންޒަރުތަކެވެ. ލަވައިގެ ޅެން ބޭންޑްގެ މެމްބަރު ޝަމްއޫނު މުހައްމަދު ހަދާފައިވާއިރު ލަވައިގެ ރާގަކީ އަމިއްލަ ރާގެކެވެ. މި ލަވައިގެ މަންޒަރުތައް ޝޫޓްކޮށްފައި ވަނީ ރާއްޖޭގެ ރަށްތައް ކަމުގައިވާ އައްޑޫ ސިޓީ އާއި އއ. އަތޮޅުގެ އިތުރުން ހއ. އަތޮޅުގައެވެ.

ފެއަރ އަށް ޒިޔާރަތްކުރި ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު ލަވައިގެ މަސައްކަތް އެއްކޮށް ނިންމާލުމަށްޓަކައި ތިން މަސް ހޭދަވި ކަމަށް އެ ބޭންޑުން ބުންޏެވެ.

"މި ލަވަ ބޮޑަށް ސިފަކޮށްދީފައިވާނީ ދިވެއްސެއްގެ ލޮލުން. ޅެމުގައި ބޭނުންކުރީ ގިނަ ދިވެހިންނާއި ރަށްޓެހި ބަސްތައް. މި ލަވައަކީ ކޮންމެ ދިވެއްސެއް ވެސް ފަހުރުވެރިވާނެ ލަވައެއްކަން ޔަޤީން،" ބޭންޑްގެ މެމްބަރު ޝަމްއޫނު ބުންޏެވެ.

އެހެން ލަވަތަކާ ހިލާފަށް މި ލަވައިގައި ބޮޑަށް ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުގެ ނަލަ މަންޒަރުތަކެވެ. ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތަކާއި ރަށްތަކުގެ ފަޅާއި ފަރުގެ ދިރުން މި ލަވައިން ވަރަށް ބޮޑަށް ފެނިގެންދެއެވެ.

އިކުއެޓިކް ވައިބް ބޭންޑަކީ މީގެ ކުރިން ވެސް އައިޓީބީ ފެއަރގައި ރާއްޖެ ތަމްސީލު ކޮށްފައިވާ ބޭންޑެކެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނޭއިރު ބޭންޑު އުފައްދާފައި ވަނީ 2010 ވަނަ އަހަރުއެވެ. މި ބޭންޑަކީ އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ބޭންޑެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Kalo

2 ހަފްތާކުރިން

ނަސޯރާދީނުގެ ފޮތްތަކެއް ބެހީމަ އެވާހަކަ ވެސް ލިޔެލިނަމަ

0
0