23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މަގޭ ރިޕޯޓްް

އަނިޔާވެރިންނަށް އަލުން ބާރުތައް ދޭންވީ ހެއްޔެވެ؟

  • އަނިޔާވެރިންނަށް އަލުން ބާރު ދިނުމަކީ ކުރެވޭނެ އެންމެ މޮޔަކަންތައް
ހުޝާމް މުހަޢްމަދް | hirigaahusham

| 9 މާރޗް 2019 | ހޮނިހިރު 17:11 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައްޔިތުންގެ ބަޔަކު އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލަނީ -- ރާއްޖެއެމްވީ

އަޅުގަނޑުމެން މިތިބީ ފަސް އަހަރަށް ސަރުކާރެއް ހިންގާނެ ވެރިޔަކު އިންތިހާބު ކޮށްގެނެވެ. އެތައް ބައެއް ގުޅިގެންނެވެ. އެއީ ގައުމު ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ވަގުތު ކޮޅަކަށް ބޭނުންވުމުންނެވެ. ގައުމުގައި ރައްޔިތުންގެ ބާރުވެރިކަމާއި، އުފާވެރި ދިރިއުޅުމަކަށް މަގު ފަހިކޮށްލުމުގެ ބޭނުމުގައެވެ.  

އެންމެ ފަހުން ސަރުކާރުން ހާމަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މި މަހު ލޯނު ދޫކުރަން ފަށާނެ ކަމަށާއި އެލޯނުގެ 20 އިންސައްތަ ޚާއްޞަކުރަނީ އަންހެނުންނާއި ޒުވާނުންނަށް ކަމަށާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް ބުނެފައި ވެއެވެ.  

ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތައް ތަރައްގީ ކުރެވެމުންދާއިރު އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު އިކޮނޮމިކް ސެންޓަރަށް ހަދާނެ ކަމަށް ސަރުކާރުން އާންމު ކޮށްފައި ވެއެވެ. 

ވިހެއުމުން އަންހެނުންނަށް މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީ  މިހާރު ލިބޭނެ ކަމަށާއި އަދި ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ގޮތް ސަރުކާރުން އެވަނީ ހަދައިދީފައެވެ. 

ބޯހިޔާވަހިކަމުގެ އުފާވެރި ޚަބަރުތައް ވެސް އޮތީއެވެ. މި ފަސް އަހަރު ނިމޭ އިރު ބޯހިޔާވަހިކަމެއް ނެތް މީހަކު ނުހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ. 

މިހުރީ ރައްޔިތުންނަށް ގައިމު ވެސް އުފާވެރި ޚަބަރުތަކެވެ. އަދި ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާނެ ކަންކަމެވެ. 

ތެދުފުޅެކެވެ. އެންމެން އެކީގައި ދަތުރުކޮށްގެން ނޫނީ ކުރިއަށް އޮތްތަނުގައި ރަގަޅު ނަތީޖާއެއް ނުނެރެވޭނެއެވެ. ވައްކަމާއި ހިޔާނާތުގެ މައްސަލަތަކާއި، މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދިނުމާ ދެކޮޅުހަދައި، އަނިޔާވެރިން ޖަރީމާ ހިންގަން މަގުމަށްޗަށް އަލުން ދޫކޮށްލައިގެން މި ގައުމު ކުރިޔަކަށް ނުގެންދެވޭނެއެވެ. މިކަން ޖެހޭނީ ގާސިމް އިބުރާހިމަކަސް، މައުމޫނަކަސް އަދި އެހެން ބޭފުޅަކު ކަމުގައި ވިޔަސް ހެޔޮހިތުން ގަބޫލު ކުރައްވާށެވެ. 

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި މިހާރު ވިދާޅުވާ އެއްވާހަކައެއް އެބައޮތެވެ. ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުހޯދިއްޖެ ނަމަ ސަރުކާރު ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އަދި މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރަން ބަޔަކަށް ފުރުޝަތު ލިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ދެކޮޅުހަދާ މީހުން އެކަން އެގޮތަށް ކުރާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ސަރުކާރެއް އައިތާ 1 އަހަރު ނުވަނީސް ހިވެމުންދާ ވާހަކަތަކެވެ. އަޑު އަހާލަން ފަސޭހަ ވާހަކަތަކަށް ނުވެއެވެ. 

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ބަދަލުވެގެން ދިޔަ ސަރުކާރާއި އެ ސަރުކާރުގެ ގިނަ ވެރިންގެ ކަންކަން ހުރި ގޮތް ސަރުކާރުގެ ކޯލިޝަނުގައި ނަގާ ކިޔާ ބައެއް ބޭފުޅުންނަށް މިހާރު ހަނދާން ނައްތާލަން އެހާ ފަސޭހަފުޅު ހެއްޔެވެ؟ މި ސަރުކާރު ހަމަ އޯގާތެރިކަމުގެ ތޮފި އަޅައިގެން އަނިޔާވެރިކަން އިސްކުރިކަމަށް ވިދާޅުވާއިރު ހަމަ އެގޮތަށް އެކަން ހިނގަނީ ހެއްޔެވެ؟ އެ ބޭފުޅަކު އެހެން އެވިދާޅުވަނީ އެފަދަ ކަމަކަށް މިވަގުތު ހެކި ލިބިގެންތޯއެވެ؟ 

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ކޯލިޝަނުން ހަމަހަމައަށް ވާދަކުރަން އެމްޑީޕީ އިން އެޅި ހުރަހެއް އޮތް ކަމަށް ދެކި ވާހަކަތައް ބަދަލުކޮށް ކުރިން އަނިޔާވެރިކަން އިސްކުރި ބަޔަކަށް އަލުން ބާރުތައް ލިބޭނެ ގޮތަކަށް މަގު ފަހި ކުރުމަކީ ގޯހެކެވެ. އެގޮތަށް ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ އެކަކު ވެސް މަސައްކަތްކުރުމަކީ މި ސަރުކާރު ގެނައުމަށް ވޯޓު ދިން އާންމު ރައްޔިތުން ހަމަޔަގީނުން ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ.

މިއަދު އަލުން ވިސްނާލަން ޖެހެއެވެ. ތިމާއާ ތިމާގެ އަނބިދަރިންނާއި ތިމާގެ ވިޔަފާރި އާއި ގާތް ރަހުމަތްތެރިންނަށް ވެސް ހައްގުން ކަމަކާ ނުލާ އަނިޔާ ދިން ބަޔަކަށް ދެވަނަ ފަހަރަށް ބާރެއް ދިނުމަށް މަގުފަހި ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެދުވަހު އަނިޔާވެރިން ތިމާއާ މެދު ކަންކޮށްފައިވާ ގޮތާ މެދު ކުޑަ ހިނދުކޮޅަކަށް ވިޔަސް ވިސްނާލަންޖެހެއެވެ. ބުއްދިވެރިންނަކީ އެއީއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް