23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މާގިރި ހޮޓެލް

މާގިރި ހޮޓެލްގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވައިފި

  • އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވީ މާގިރީ ހޮޓެލްގެ އެންމެ މަތީ ފަންގިފިލާގައި
މިއުނާ ހަސަން | @miuna_hassan

| 9 މާރޗް 2019 | ހޮނިހިރު 13:43 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިންޑިއަން ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- މާގިރި ހޮޓެލްސް

މާގިރި ހޮޓެލްގެ އިންޑިއަން ފުޑް ރެސްޓޯރެންޓް ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. 

މާގިރި ހޮޓެލްގެ ފުޑް އެން ބެވެރޭޖަރސް (އެފްއެންޑްބީ) މެނޭޖަރ އަލީ ނާޖީބް ވިދާޅުވީ މާގިރި ހޮޓަލްގެ ޓެރެސްގައި ހަދާފައިވާ ޕީކް ރެސްޓޯރެންޓުން އިންޑިއާގެ ހުރިހާ ހިސާބެއްގެ ކެއުން ލިބެން ހުންނާނެ ކަމަށެވެ.

މާގިރިން ސާރވް ކުރާ އިންޑިއަން ޑިޝްއެއް

ރެސްޓޯރެންޓް ހުޅުވުމުގެ ކުރިން ވެސް އިންޑިއާގެ ކެއުންތައް މާގިރި ހޮޓަލުން ކަސްޓަމަރުންނަށް ސާވް ކުރެއެވެ. ނަޖީބް ވިދާޅުވީ އެ ރެސްޓޯރެންޓުގައި ހާއްސަ އިންޑިއަން ޑިޝްއެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އިންޑިއަން ބިރިއާނީގެ ނަމުން ނަން ދީފައިވާ މި ޑިޝްއަށް ކަސްޓަމަރުން ފަރާތުން ރަނގަޅު "ފީޑްބެކް" ލިބެމުން އަންނަނ ކަމަށް ނަޖީބް ވިދާޅުވިއެވެ. 

މީގެ އިތުރުން ނަޖީބު ވިދާޅުވީ، މާގިރިން މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއަން ފުޑް ސާރވްކުރަން ފެށި ކަމަށާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުން ދިޔަ ތައުރީފުގެ ސަބަބުން އިންޑިއަން ފުޑްއަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވި ނަމަވެސް އާންމުކޮށް ދިވެހިން ކައި އުޅޭ ހުރިހާ ބާވަތެއްގެ ކާއެއްޗެހި މާގިރިން ސާރވް ކޮށްދޭ ކަމަށެވެ. 

ބުރާސްފަތި ދުވަހު އިންޑިއަން ރެސްޓޯރެންޓް ހުޅުވައިދެއްވީ މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެންއެވެ. 

"އަޅުގަނޑަށް އަބަދުވެސް ވަރަށް މީރު އަސްލު އިންޑިއަން ފުޑް. މިތަނުގަ މިރޭ މި ސާރވްކުރި އިންޑިއަން ފުޑް ވަރަށް އޯތެންޓިކް، ވަރަށް މީރު، ރަހަ ވެސް ވަރަށް ރަނގަޅު، ވަރަށް ހެޔޮވަރު. އަޅުގަނޑު އަންނަން އެހެން ދޭތެރެއަކުން ވަގުތު ލިބުނީމަ، ފާހަގަވޭ އަބަދުވެސް ވަރަށް މީރުކަން މިތާ ރެސްޓޯރެންޓުގެ ކާއެއްޗެހި،" ހިސާން ވިދާޅުވިއެވެ. 

މާގިރި ހޮޓެލްގެ އިންޑިއަން ފުޑް ރެސްޓޯރެންޓް ހުޅުވުމުގެ ހަފްލާގެ ތެރެއިން 

މާގިރި ހޮޓަލަކީ ކްރައުން ކޮމްޕެނީ އާއި ލިލީ ހޮޓެލްސް ގުޅިގެން ތަރައްޤީކޮށްފައިވާ ތަނެކެވެ. ނުވަ ބުރީގެ މި ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ޖުމްލަ 52 ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި އެގްޒެކެޓިވް ހަ ކޮޓަރި އާއި ޖޫނިއާ ހަ ސުއިޓް އާއި ޕްރެމިއާ 20 ކޮޓަރީގެ އިތުރުން އޯޝަން ވިއު 20 ކޮޓަރި ހިމެނެއެވެ.

އެ ހޮޓެލްގައި 100 މީހުންގެ ޖާގައިގެ ރެސްޓޯރެންޓަކާއި 62 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް އަދި ކެފޭއަކާއި ކޮންފަރެންސް ހޯލަކާއި މީޓިން ރޫމެއްގެ އިތުރުން ފިޓްނަސް ސެންޓަރެއް ވެސް ހިމެނެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް