23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އައިއެސް ހަނގުރާމަ

ފްރާންސަށް ނިސްބަތްވާ އައިސްއެސްގެ ހަނގުރާމަވެރިންތަކަކަށް އިރާގުން ދައުވާކުރަނީ

  • އައިއެސްއާ ދެކޮޅަށް މިހާރު ހަނގުރާމަ ހިނގަމުންދަނީ ސީރިޔާގެ ދީރް އައްޒޫރުގައި
އަބުދުﷲ މުހައްމަދު | 8Abbo

| 9 މާރޗް 2019 | ހޮނިހިރު 06:09 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިރާގުގެ ރައީސް ބްރަހަމް ސާލިހް -- އަލްޖަޒީރާ

އިރާގުން ހައްޔަރު ކޮށްފައިވާ އައިސްއެސްގެ ހަނގުރާމަވެރިންނަށް ކުށްކުރި ކަމުގެ ތުހުމަތު ކުރެވިފައިވަނީ އެ ގައުމުގެ ފަސްގަނޑުގައި ކަމަށް ވާތީ އެ މީހުންގެ މައްޗަށް އެ ގައުމުގައި ދައުވާ ކުރާނެ ކަމަށް އިރާގުގެ ރައީސް ބްރަހަމް ސާލިހް ވިދާޅުވެއްޖެއެވެ.

އަލް ހަދަތް ޓީވީ ޗެނަލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސާލިހް ވިދާޅުވީ އައިއެސްއަށް ނިސްބަތްވާ ފްރާންސްގެ ހަނގުރާމަވެރިންނާ މެދު ދައުވާ ކުުރުމަށް ނިންމަވާފައިވާ ނިންމެވުމާމެދު ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮންއާ ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ފްރާންސަށް ނިސްބަތްވާ 13 ހަނގުރާމަވެރިއަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ސާލިހް ވިދާޅުވިއެވެ.


މީގެ އިތުރުން ސާލިޙް ވިދާޅުވީ ރެފިއުޖީންގެ މައްސަލަ ހައްލު ކުރުމަށް އެ ގައުމަށް ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ބްރަހަމް ސާލިހް ވިދާޅުވެފައިވަނީ ޓެރެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދުނިޔޭގެ ފަރާތުން އިރާޤް އިސްނަގާފައިވާ ކަމަށެވެ. އަދި އައިއެސް ބަލިކުރުމަކީ ފަސޭހަ ކަމަކަށް ނުވާއިރު އައިއެސް ބަލިވެއްޖެކަން ކަށަވަރު ކުރުމަށް އިރާގުގެ ހުރިހާ ރައްޔިތުން ގުޅެން ޖެހޭ ކަމަށާއި އެއީ އެ ގައުމަށް ލިބޭ ކާމިޔާބެއް ކަމަށްވަނީ ވިދާޅުވެފައެވެ.

ސާލިހްވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ބިރު ދެއްކުން އޮތްއިރު އިރާގާއި ސީރިޔާއާ ދެމެދު ވެސް އަސްކަރީ ގޮތުން އަދި ސަލާމާތާ ގުޅޭ ގޮތުން ވެސް އެއްބާރުލުން ދެމުންދާ ކަމަށެވެ. އެ ގޮތުން އައިއެސްގެ ބައެއް މެމްބަރުން އަދި ވެސް ސީރިޔާގެ ސަރަހައްދީ ރޮނގުކައިރިން ފެންނާނެ ކަމަށް ސާލިހް ވިދާޅުވިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް