20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

މިސްރުގެ ނޫސްވެރިން ހައްޔަރުކުރުން

މިސްރުން ހޯދަމުންދިޔަ ބަޔަކު ހައްޔަރުކުރުމުން މެލޭޝިއާއަށް ފާޑުކިޔުން

  • އެ މީހުން ހައްޔަރުކޮށް އަނބުރާ މިސްރަށް ފޮނުވާލުމުން އެ މީހުންގެ ފުރާނަޔަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައި
  • މިސްރުގެ ރައީސް ސީސީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި ފާޑުކިޔާ ފަރާތްތަކެއް ވަނީ ޖަލަަށްލާފައި
އަމަން ހަލީމް | soupized

| 8 މާރޗް 2019 | ހުކުރު 23:46 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ -- ވޯލް ސްޓްރީޓް ޖާނަލް

މިސްރުގެ ރައީސް އަބްދުލް ފައްތާޙު އަލް-ސީސީއަށް ފާޑުކިޔާ ހަތަރު މީހަކު މެލޭޝިއާއިން ހައްޔަރުކޮށް އަނބުރާ މިސްރަށް ފޮނުވާލަން އުޅުމުން ގިނަ ބަޔެއްގެ ފާޑުކިޔުން މެލޭޝިއާއަށް ރައްދުވެއްޖެއެވެ.

މެލޭޝިއާގެ ނިންމުމަށް ފާޑުކީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއްތަކުން ބުނެފައިވަނީ، އެ މީހުން ހައްޔަރުކޮށް އަނބުރާ މިސްރަށް ފޮނުވާލުމުން އެ މީހުންގެ ފުރާނަޔަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި މިއީ އިންސާނީ ހައްގުތައް ހިމާޔަތްކުރަން ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކާ ޙިލާފުކަމެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.

މިސްރުގެ ހަތަރު މީހުންގެ މައްސަލައިގައި މައުލޫމާތު ދެމުން އެ ގައުމުގެ ހާރިޖީ ވުޒާރާއިން ވަނީ އެ މީހުން ހައްޔަރު ކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ މީހުން ހައްޔަރު ކުރީ އެ ގައުމުގެ "ސޮސްމާ" އެކްޓްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ސޮސްމާއަކީ "ދަ ސެކިއުރިޓީ އޮފެންސަސް (ސްޕެޝަލް މެޝާރޒް އެކްޓް)ގެ ދަށުން ކަމަށް ވެސް ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި މެލޭޝިއާގެ ޖާސޫސީ އިދާރާއަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ޔޫނިއަން އޮފް އެން.ޖީ.އޯޒް އިން ދަ އިސްލާމިކް ވަރލްޑްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަހްމަދް އައްޒާމް ވަނީ ސަރުކާރަށް އެންގުމަކާ ނުލާ އެ އިދާރާތަކުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހް އަލް ސީސީގެ ރައީސްކަމުގައި އެ ގައުމުގެ ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރު ކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ. ސީސީ މިސްރުގެ ވެރިކަމާއި ހަވާލުވީ މުސްލިމް ބްރަދަރހުޑްގެ ވެރިކަން ނިމުމަކަށް ގެނައިތާ އަހަރެއް ފަހުންނެވެ. ސީސީއަކީ އަސްކަރިއްޔާއިން ބަޣާވާތް ކުރި އިރު ސިފައިންގެ ވެރިޔާއެވެ. އަދި އޭނާގެ ވެރިކަމުގައި ހައްޔަކުރުކުރެވުނު ސިޔާސީ ހައްޔަރީންގެ އަދަދު 60000އަށް ވުރެ ގިނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޔޫލީ

6 ދުވަަސް ކުރިން

ހެޔޮނުވާނެ ޑިކްޓޭޓަރ ޝިޕްއޮންނަ ސިފައިންވެރިކަންކުރާ ރައްޔިތުންގެ މައްޗަށް ރަޙުމުނުކުރާ އަނިޔާވެރި ބައެއްގެ އަތްމަށްޗަށް މައުސޫމް ބައެއް ދުކޮށްޅަން.

0
0