20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ރެހެންދި ނައިޓް މާރކެޓް

ރެހެންދި ނައިޓް މާރކެޓް ފަށައިފި

  • ނައިޓް މަރކެޓް ކުރިއަށް ދާނީ މާރޗް މަހުގެ 8 ން 17 އަށް
ރިޒުނާ ޒަރީރު | RiznaZareer

| 8 މާރޗް 2019 | ހުކުރު 18:55 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ރެހެންދި ނައިޓް މާރކެޓް 2019ގެ ތެރެއިން -- ރާއްޖެއެމްވީ

ރާއްޖޭގައި ދަރިވަރުންގެ އާބާދީ އެންމެ ބޮޑު އެއް ސްކޫލު ކަމަށްވާ، ހުޅުމާލޭ ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 'ރެހެންދި ނައިޓް މާރކެޓް' ފަށައިފިއެވެ.

ރެހެންދި ނައިޓް މާރކެޓް 2019 އަކީ ސްކޫލުގެ އެކިއެކި ހަރަކާތްތަކަށް ފަންޑްރެއިޒް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެސްކޫލުގެ ޕީޓީއޭގެ އެކްސްކޯގެ އެކްޓިވިޓީ ޗެއަރ އިރުޝާދު ޒާހިރު ވިދާޅުވިއެވެ.

ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ގުޅިގެން ކުރިއަށްގެންދާ މި ނައިޓް މަރކެޓް ކުރިއަށް ދާނީ މާރޗް މަހުގެ 8 އިން 17ގެ ނިޔަލަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން ރޭގަނޑު 12:00 ނައިޓް މާރކެޓް ހުޅުވިފައި ހުންނާނެއެވެ.

ހުޅުމާލޭގެ ރުއްގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ މި ނައިޓް މާރކެޓުގައި ގިނަ އަދަދެއްގެ ސްޓޯލް ހުންނާނެއެވެ. ތަފާތު ގިނަ ބާވަތްތަކުގެ މުދާ އެއް ތަނަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި އަދި ކެންޓީނުގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އިރުޝާދު ވިދާޅުވިއެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުން އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ޒިޔާރަތްކޮށްލަން ވަރަށް ރަނގަޅު ނައިޓް މަރކެޓެއް ކަމަށްވެސް އެސުކޫލުން ބުންޏެވެ.

މީގެ ކުރިންވެސް ރެހެންދި ސްކޫލުން ވަނީ ތަފާތު ގިނަ ފަންޑްރެއިޒިން ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން 2016، 2017، 2018ވަނަ އަހަރުވެސް ވަނީ ޕީޓީއޭ. އިން އިންތިޒާމްކޮށްގެން އާންމުންގެ ބޮޑު ތަރުހީބަކާއި އެކު ނައިޓް މާކެޓެއްވެސް ބާއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް