23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މައިތުރިޕާލަ ސިރިސޭނަ

ސަރުކާރުގެ އެއްވެސް ފަރާތަކުން އަޅުގަނޑުގެ އަޑެއް ނާހާ: ސިރިސޭނަ

  • އަޅުގަނޑަކީ ތިމާވެއްޓަށް ލޯބިކުރާ މީހެއް: ސިރިސޭނަ
  • އެކްސްޕްރެސްވޭގެ މަސައްކަތް ދަނީ އިރުޝާދުތަކާއި ހިލާފަށް ކަމަށް ސިރިސޭނަ ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 8 މާރޗް 2019 | ހުކުރު 16:16 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނަ -- އާކައިވް

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކު އެމަނިކުފާނު ދައްކާ ވާހަކަފުޅު ބަލައިނުގަންނަ ކަމަށް ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

''ދަ ވައިސް ރޯއި ސްޕެޝަލް'' ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވިދާޅުވީ، ކޮލަމްބޯ-ކެންޑީ އެކްސްޕްރެސް ހަދަން ހަވާލުކުރި ފަރާތްތަކަށް ފަރުބަދަތައް ނުތޮރުފައި، ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމަށް މީގެ ކުރިން އެދުނުކަމަށެވެ. 

ނަމަވެސް އެމަގު މިހާރު ހަދަމުން އެދަނީ އެމަނިކުފާނުގެ އިރުޝާދާއި ހިލާފަށް ކަމަށާއި، އެއިން ދައްކުވައިދެނީ ސަރުކާރުގައި އެމަނިކުފާނުގެ ބަސްފުޅު ނުވިކޭ ކަމަށް ރައީސް ސިރިސޭނަ ވިދާޅުވިއެވެ.  

'' ކޮލްމްބޯ- ކެންޑީ އެކްސްޕްރެސްގެ މަސައްކަތް ފެށުމުން އަޅުގަނޑު ދެންނެވިން އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގާތުގައި ފަރުބަދަތައް އެއްވަރަކަށް ނުބެހެއްޓުމަށް'' ސިރީސެނަ ވިދާޅުވިއެވެ.  

ސިރިސޭނަ ވިދާޅުވީ، އެމަނިކުފާނަކީ އިންޖިއަނަރެއް ނޫންކަމަށެވެ. އެހެން ނަމަވެސް ތިމާވެއްޓަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ.  

މީގެ ތިން އަހަރު ކުރިން، އެ އެކްސްޕްރެސްވޭ ހަދަން ޖެހެނީ، އަމްބެޕުސާ އިން ކުރުނޭގަލަ އަށް ފަރުބަދަތަކަށް ގެއްލުން ނުވާގޮތަށް ކަމަށް ވިދާޅުވެފައިވާނެ ކަމަށް ރައީސް ސިރިސޭނަ ވިދާޅުވިއެވެ.  

ކޮލަމްބޯއިން ކެންޑީއަށް ދަތުރުކުރެވޭ ގޮތަށް ރޭލް އެކްސްޕްރެސް އެއް ހެދުމުގެ ޕްރޮޕޯސަލް އެއް ހުށައަޅާފައިވަނީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ވެރިކަމުގެ ދުވަސްވަރު ރަނިލް ވިކްރަމަ ސިންހައެވެ. އެކަމާ ގުޅޭގޮތުން މެލޭޝިއާގެ ކުންފުންޏަކާ ދެމެދު މަޝްވަރާތަކެއް ކުރެވުމަށް ފަހު އެ މަސައްކަތް އޮތީ ހުއްޓިފައެވެ.  

އޭގެ ފަހުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2014 ވަނަ އަހަރު އެކްސްޕްރެސްވޭގެ ކޮންސްޓަރކްޝަން މަސައްކަތް އަމަލީ ގޮތުން ފެށިއެވެ.

ލަންކާގެ ކުރީ ސަރުކާރުން އެ އެކްސްޕްރެސް ވޭ ހަދަން 200 ބިލިއަން ސްރީލަންކަން ރުޕީސް ހޭދަ ކުރަވޭނެ ކަމަށާއި، 2018 ވަނަ އަހަރު މަސައްކަތް ނިމޭނެ ކަމަށް ވަނީ ބުނެފައެވެ.

މިހާރުގެ ރައީސް ސިރިސޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެކްސްޕްރެސްވޭގެ ފައުންޑޭޝަން 2017 ގައި އެޅުމަށް ފަހު އެ މަސައްކަތް ދެއަހަރު ތެރޭ ނިމޭނެ ކަމަށް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް