23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސްރީ ލަންކާ

ކޮލަމްބޯގައި އެއްޗެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެއްޖެ

  • ހާދިސާ ހިނގާފައިވަނީ ކޮއްލުޕިޓިޔާ ޖަންކްޝަން ސަރަހައްދުގައި
  • ހާދިސާ ހިނގާފައި ވަނީ ލަންކާ ގަޑިން މެންދުރު 12:30
އަލީ ސަމާޚް | AliSamah8

| 8 މާރޗް 2019 | ހުކުރު 12:16 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ކޮއްލުޕިޓިޔާ ސުޕަމާކެޓް -- ގޫގުލް

އަވަށްޓެރި ސްރީ ލަންކާގެ ކޮލަމްބޯގެ ކޮއްލުޕިޓިޔާގައި އެއްޗެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ގޮވުމުގެ ހާދިސާ ހިނގާފައިވަނީ ކޮއްލުޕިޓިޔާގެ ޖަންކްޝަންގައި ހުންނަ ފިހާރާ ސަރަހައްދުގައި ކަމަށް ފުލުހުންވަނީ ބުނެފައެވެ.  މިހާދިސާ ހިނގާފައި ވަނީ ލަންކާ ގަޑިން މެންދުރު 12:30 އެހާ އިރު ކަމަށާއި، ހާދިސާގައި ޒަހަމް ވެފައިވަނީ އެ ސަރަހައްދުގައި ވިޔަފާރި ކުރާ ފިހާރާއެއްގެ ދެމީހަކުގެ އިތުރުން ޗައިނާގެ ދެމީހެކެވެ. އެމީހުންނަށް މިހާރު ދަނީ ކޮލަމްބޯ ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.  

ފުލުހުނ ބުނީ ، ގޮވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި 11 ފިހާރަ އަކަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އިތުރު ތިން ފިހާރައަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.  ފުލުހުންނަށް ޝައްކު ކުރެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ރެސްޓޯރަންޓެއްގެ ގޭސް ފުޅިއެއް ލީކުވެގެން ކަމަށެވެ.

 އެހެން ނަމަވެސް ހާދިސާ ތަހުގީގު ކުރުމަށް ކޯއްލުޕިޓި ފުލުހުންގެ އިތުރުން ބޮމްބް ސްކޮޑް މަސައްކަތް ކުރަމުންދާ ކަމަށް ލަންކާގެ ނޫހުން ރިޕޯޓްކުރެއެވެ.

 ކޮއްލުޕިޓީގައި އެއްޗެއް ގޮވާފައިވާއިރު، އެސަރަހައްދަކީ ދިވެހިން ވެސް ވަރަށް ގިނައިން ވިޔަފާރީ ކުރަން ގޮސް އުޅޭ ސަރަހައްދެކެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް