23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

ޖޯޖިއާ އާއި ޑޭޓް ކުރާކަން އަރުބާޒް ޚާން ޔަގީންކޮށްދީފި

  • މަލައިކާ އާއި އަރްބާޒް ޚާންގެ ކައިވެނި ރޫޅިފައި ވަނީ 2017ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 މާރޗް 2019 | ހުކުރު 11:44 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އަރުބާޒް ޚާން އާއި ލޯބިވެރިޔާ ޖޯޖިއާ -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑް އެކްޓަރ އަދި ފިލްމް މޭކަރ އަރުބާޒް ޚާން ޖޯޖިއާ އެންޑްރިއާނީ އާއި ޑޭޓް ކުރާކަން ޔަގީން ކޮށްދީފިއެވެ.

އަރުބާޒް މިހާރު ހޯސްޓް ކުރަމުންދާ ވެބް ޝޯ ގައި އަރުބާޒް ވަނީ އުމުރުން 29 އަހަރުގެ އިޓާލިއަން މޮޑެލް ޖޯޖިއާ އާއި އޮންނަ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

އަރުބާޒް ބުނެފައި ވަނީ އޭނާ އާއި ޖޯޖިއާ އާއި އޮންނަ ގުޅުންސިއްރުކުރާނަމަ އެދެމީހުން އެކުގައި އޯޕަންކޮށް ނޫޅޭނެ ކަމަށެވެ. އަދި ޖޯޖިއާ އޭނާގެ ލައިފްގައި ހުރި ކަމަށް އަރުބާޒް ވަނީ ބުނެފައެވެ.

މަލައިކާ އާއި ދެ މީހުންގެ ކައިވެނި ރޫޅުނު ދުވަސްވަރު އަރުބާޒުގެ ދިރުއުޅުމަށް އައި ބަދަލުތައްވެސް ވަނީ ހިއްސާކޮށްފައެވެ.

އަރުބާޒު ބުނެފައިވަނީ އެދުވަސްވަރު އެކަމާއި ހިތާމަ ކުރި ކަމަށާއި ނަމަވެސް މިހާރު އެހުރިހާކަމެއް ނިމި މޫވްއޮން ކޮށްފައިވާ ކަމަށެވެ.

މަލައިކާ އާއި އަރްބާޒް ޚާންގެ 19 އަހަރުގވީ ކައިވެނި ރޫޅިފައިވަނީ 2017 ވަނަ އަހަރު އެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ 16 އަހަރުގެ ފިރިހެން ދަރިފުޅަކު ލިބިފައެވެ. އޭނާގެ ނަމަކީ އަރްޚާން އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް