23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަންހެނުންގެ ދުވަސް

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ފެށުނީ ކިހިނެއް؟

  • އެންމެ ފުރަތަމަ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަ ކޮށްފައިވަނީ 1911 ވަނަ އަހަރު
  • އަންހެނުންގެ ދުވަސް ފަހަގަ ކުރާތާ ގަރުނެއް ވެއްޖެ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 7 މާރޗް 2019 | ބުރާސްފަތި 23:44 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ދިވެހި މުޖުތަމައުގައި ފާހަގަ ކޮށްލެޥޭ އަންހެނުންތަކެއް -- އާކައިވް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ މިއަދު ދުނިޔޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަސް ނަމަވެސް، މި ދުވަހަކީ ކޮން މަޤުޞަދެއްގައި، ކޮން އިރަކު ފާހަގަކުރަން ފެށުނު ދުވަހެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ. 

މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ފެށީ އެމެރިކާގައި ހަރަކާތެރިވި މަސައްކަތްތެރިންގެ ޖަމާއަތް، އދ. އިން ގަެޫ ުއެ ކުރި ހިސާބުންނެވެ. މަސައްކަތްތެރިންގެ ޖަމާޢަތުގެ ހަރަކާތްތައް ފެށިފައިވަނީ 1908 ވަނަ އަހަރު 15000 އަންހެނުން ނިއުޔޯކް މަގުތަކަށް ނުކުމެ މަސައްކަތުގެ ގަޑި ކުރު ކުރުމަށާއި، ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައެއް ދިނުމަށާއި، ވޯޓް ދިނުމުގެ ހައްގު ހޯދުމަށް އަޑު އުފުލަން ފެށި ހިސާބުންނެވެ.

އޭގެ އެއް އަހަރު ފަހުން ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ސޯޝަލިސްޓް ޕާރޓީ އޮފް އެމެރިކާއިންނެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި މިދުވަސް ފާހަގަ ކުރުމުގެ ފިކުރު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ޕްލެރެޒެޓް ކިން ކިޔާ އަންހެނެކެވެ. ޕްލެރެޒެޓް ކިން 1910 ވަނަ އަހަރު ޑެންމާކުގެ ކޯޕަން ހޭގަންގައި އޮތް "އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް ވާރކިން ވުމަން" އަށް އޭނާގެ ވިސްނުން ހުށައެޅިއެވެ. މިކޮންފަރެންސްގައި 17 ގައުމެއްގެ 100 އަންހެނުން މި ހުށައެޅުމަށް ތާއީދުކޮށް ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފާސްކުރިއެވެ.

އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ވިމެންސް ޑޭ ފާހަގަ ކޮށްފައިވަނީ 1911 ވަނަ އަހަރު އޮސްޓްރިއާ، ޑެންމާކް، ޖަރމަނީ، އަދި ސުވިޒަރލޭންޑްގައެވެ. 2011 އަހަރު މި ހަތަރު ޤައުމުން ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރާތާ ގަރުނެއް ފުރުން ފާހަގަ ކޮށްފައެވެ. 1911ގެ އެ ފެށުމަށް ބަލާނަމަ، މިއަހަރުގެ މާރިޗު 8 ވެގެންދާނީ ބައިނަލްއަގުވާމީ 108 ވަނަ އަންހެނުންގެ ދުވަހަށެވެ.

މި ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ތަރުހީބު ލިބި، ފާހަގަކޮށްލެވޭ ފެންވަރެއްގައި ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ދުވަސް ފާހަގަ ކުރަންފެށީ 1975 ވަނަ އަހަރު އދ. އިން މިދުވަސް ޝިއާރަކާއި އެކު ފާހަގަ ކުރަން ފެށި ހިސާބުންނެވެ.

އެގޮތުން އދ އިން މި ދުވަސް ފާހަގަ ކުރުމަށް އެންމެ ފުރަތަމަ 1976 ގައި ކަނަޑައެޅި ޝިއާރަކީ "ސެލެބްރޭޓިން ދަ ޕާސްޓް - ޕްލޭނިން ފޮ ދަ ފިއުޗަރ" އެވެ.

މި އަހަރު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ BalanceForBetter# އެވެ. 

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ވެގެން ގޮސްފައިވަނީ މުޖުތަމައުގެ އަންހެނުން ސިޔާސީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް އެކަމަށް އަންހެނުން އަހުލުވެރި ކުރުވުމަށް ބާރުއަޅާ ދުވަހެއްގެ ގޮތުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަންހެނުންގެ ދުވަސް ފަހަގަ ކުރަނީ ތަފާތު އެކިއެކި ހަރަކާތްތަކާއި އެކުގައެވެ.

ބައެއް ގައުމު ތަކުގެ ސަރުކާރު ތަކުން އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.

އަދި ރަޝިޔާ ފަދަ ގައުމުތަކުގައި އަންހެނުންގެ ދުވަސް އައުމުގެ ދެދުވަސް ނުވަތަ ތިންދުވަސް ކުރީއްސުރެ މަލުގެ ވިޔަފާރި އާދަޔާއި ޚިލާފަށް އިތުރު ވެގެން ދެއެވެ. ޗައިނާގައި އެ ދުވަހަކީ 'ހާފްޑޭ' ގައި މަސައްކަތް ކުރާ ދުވަހެއް ގޮތައް ހަމަޖައްސާފައި ވާއިރު އެގައުމުގައި ގިނަ ކުންފުނިތަކުން އެ ދުވަސް ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑަ އަޅާފައެވެ.

އެމެރިކާގައި މާރިޗު މަހަކީ އަންހެނުންގެ ތާރީޚީ މަހުގެ ގޮތުގައި ފާހަގަ ކުރާ މަހެކެވެ. އަދި އެމެރިކާގެ ރައީސް ކޮންމެ އަހަރެއްގެވެސް އަންހެނުންގެ ދުވަހު ޚާއްސަ ތަގުރީރެއް ދެއްވައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް