23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ފިލްމު ބަދްލާ

'ބަދްލާ' ތަފާތު ފިލްމަކަށް ވާނެ!

  • ފިލްމު ރިލީޒްކުރާނީ 8 މާރޗްގައި
ރިޒުނާ ޒަރީރު | RiznaZareer

| 7 މާރޗް 2019 | ބުރާސްފަތި 23:40 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ފިލްމު ބަދްލާގެ އެންމެ ފަހުގެ ޕޯސްޓަރ -- ޓްވިޓަރ

ބޮލީވުޑުގެ ރަސްގެފާނު އަމީތާބް ބައްޗަންގެ އެންމެ ފަހުގެ ފިލްމު 'ބަދްލާ' އިންޑިއާގެ ސިނަމާތަކުގައި ހުކުރު ދުވަހު ރިލީޒްކުރާނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މިފިލްމުގައި އަމީތާބާއި އެކު ދެން ފެނިގެންދާނީ ތާޕްސީ ޕަންނޫއެވެ. ކުރިންވެސް މިދެތަރިން އެކުގައި ކުޅެފައިވާ ޕިންކު ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައެވެ.

މިފިލްމު ރިލީޒްކުރުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފިލްމުގެ ޓީމުން ވަނީ އަނެއްކާވެސް މިފިލްމުގެ އިތުރު ޕޯސްޓަރެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ކުޑަ ދޮރެއްގެ ފުރަގަހުގައި އަމީތާބާއި ތާޕްސީ ހުއްޓިގެން ތިބި މަންޒަރު ފެންނަ މި ޕޯސްޓަރުން މުޅި ފިލްމާއި ދޭތެރޭ މީހުން ދެކޭގޮތް މުޅިން ބަދަލުވެެގެންދާނެ ކަމަށް ބުނެ މިފިލްމު އުފައްދާ ރެޑް ޗިލީ އެންޓަރޓެއިންމަންޓުން ވަނީ ޓުވީޓްކޮށްފަައެވެ.

އަދި ބާދަލް ގުޕްތާއަށް އެ ދޮގުތަކުގެ ހަޤީޤަތް އެނގޭނެތޯ ބުނެ ވަނީ ސުވާލު އުފައްދާފައެވެ.

މިފިލްމުގެ ޓްރެއިލާވެސް ދައްކަން ފަށާފައިވާއިރު މިއީ މިސްޓީރީ ވާހަކައެކެވެ. އެގޮތުން މިފިލްމުގައި ދައްކުވައިދެނީ ނައިނާ (ތާފްސީ ޕަންނޫ)ގެ ހަޔާތުގައި އޭނާއަށް ކުރިމަތިވާ އެކި ކަންތައްތަކާއި އަދި ބްލެކްމެއިލް ކުރުމުގެ ސަބަބުން އޭނާ ތަހައްމަލު ކުރަމުންދާ ކަންކަމެވެ. މުޅި ވާހަކަ އެހެން ގޮތަކަށް ބަދަލުވެގެންދަނީ އޭނާ ރައްޓެހިވެގެންއުޅުނު ފިރިހެން ކުއްޖާ މަރާލުމާއި ގުޅިގެން އެކަމުގައި އޭނާ ކުށްވެރިއަކަށް ވެގެންދާ ހިސާބުންނެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓްކޮށްފައިވާ މިފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ މާރޗްމަހުގެ 8 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް