25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ބޮލީވުޑް

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

  • ބެލުންތެރިންނާއި ތަރިން ސިއްސުވާލީ ނޮމިނޭޝަންތަކުން އެއްވަނައަށް ދިޔަ މީހުން އިޢުލާންކުރި ހިސާބުން
  • ފިލްމް " ޑަންގާލް" އިން ބެސްޓް އެކްޝަން ފިލްމުގެ އެވޯޑްވެސް ލިބިފައިވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ފެބުރުވަރީ 2017 | ހޯމަ 16:44 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  6. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  7. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  8. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން


ހިންދީ ފިލްމް އެވޯޑްސް 2017 -- ގޫގުލް

 

ޒަމާނުއްސުރެން ފެށިގެން ބޮލީވުޑްގައި ބާއްވަމުން އަންނަ ފިލްމު ފެއާ އެވޯޑް މި އަހަރު ވެސް ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

 

ޝާހުރުކްޚާން، ކަރަން ޖޯހަރު އަދި ކަޕިލް ޝަރްމާ ހޯސްޓްކޮށްފައިވާ މި އެވޯޑް ހަފްލާ ފުރިހަމަކޮށްދީފައިވަނީ އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، ވަރުން ދަވަން އަދި ސިދްހާތް މަލޯތްރާ ފަދަ ބޮލީވުޑްގައި ވިދަމުން އަންނަ ތަރިންގެ ބައިވެރިވުމާއި އެކުގައިއެވެ.

 

އެވޯޑް ހަފްލާ ބޭއްވުމުގެ ދުވަސްކޮޅެއްކުރިން ހަފްލާގައި ދޭ އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ލިސްޓެއް ނެރެފައި ވާއިރު، މި ލިސްޓާ ދޭތެރޭ ބައެއް ތަރިން އަދި ބެލުންތެރިންގެ ތެރޭގައި ތަފާތު ޚިޔާލުތައް ވަނީ އުފެދިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ " ރުސްތަމް" ނުވަތަ " އެއާލިފްޓް" ގެ އެވޯޑަކަށް އަކްޝޭކުމާރު ނޮމިނޭޓްވެފައި ނުވާތީ އެކަމާ ގުޅިގެން އުފެދިގެންދިޔަ ތަފާތު ޚިޔާލުތަކެވެ.

 

ނޮމިނޭޝަން ލިސްޓު ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ބެލުންތެރިންނާއި ތަރިން ސިއްސުވާލީ ނޮމިނޭޝަންތަކުން އެއްވަނައަށް ދިޔަ މީހުން އިޢުލާންކުރި ހިސާބުންނެވެ.

 

އެގޮތުން އެންމެ މޮޅު ފިރިހެން އެކްޓަރަކަށް އާމިރް ޚާން އަށް " ޑަންގާލް" ފިލްމްއިން ލިބިފައިވާއިރު " އުޑްތާ ޕަންޖާބް" އިން އާލިއާ ބަޓްއަށް ވަނީ އެންމެ މޮޅު އަންހެން އެކްޓަރުގެ މަޤާމް ލިބިފައިއެވެ. ހަމައެހެންމެ ބެސްޓް ފިލްމުގެ އެވޯޑަށް " ޑަންގާލް" އަށް ލިބިފައިވާއިރު، ނިތޭޝް ތިވާރީ އަށް ވަނީ މި ފިލްމުން ބެސްޓް ޑައިރެކްޓަރގެ މަޤާމު ލިބިފައިއެވެ. ހަމައެއާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ޝިޔާމް ކައުޝަލް އަށް ފިލްމް " ޑަންގާލް" އިން ބެސްޓް އެކްޝަން ފިލްމުގެ އެވޯޑްވެސް ލިބިފައިވާކެމެވެ.  

 

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިލްމް ފެއާ އެވޯޑްގައިވަނީ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދީފައެވެ. އެގޮތުން މި އެވޯޑް މިފަހަރު ލިބިފައިވަނީ ޝަޓްރުގަން ސިންހާއަށެވެ. ހަމައެއާއެކު ބެސްޓް ސްކްރީން ޕްލޭ އަދި ބެސްޓް ސްޓޯރީ ކަޕޫރު އެންޑް ސަންސް އިން އައިޝާ ދެވިތްރޭ އާއި ޝަކްތުން ބަތްރާއަށް ވަނީ ލިބިފައިއެވެ.

މި އެވޯޑް ހަފްލާގައި " އުޑްތާ ޕަންޖާބު" އަދި ފިލްމް " ޑަންގާލް" އަށް ތަފާތު ހަތަރު އެވޯޑް ލިބިފައިވާއިރު ރާމް މަދަވަނީ ޑައިރެކްޓްކޮށްފައިވާ ފިލްމު " ނީރްޖާ" އަށްވަނީ ތަފާތު 6 އެވޯޑް ލިބިފައިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް