23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސުުއިޒާ އިބްރާހިމް

މިކަމުގައި ސުއިޒާގެ ވާހަކަ ޝައުޤުވެރިވެފައި ވަރަށް ތަފާތު!

  • ސުއިޒާ ވަނީ ސާކް އަންހެން ވިޔަފާރިވެރިންގެ އެވޯޑު ހާސިލްކޮށްފައި
ރިޒުނާ ޒަރީރު | RiznaZareer

| 7 މާރޗް 2019 | ބުރާސްފަތި 20:42 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމް -- ރާއްޖެއެމްވީ

މަސައްކަތުގެ ދާއިރާއަށް ގިނަ މީހުން ނިކުންނަނީ އެކަމަކަށް ޝައުޤުވެރިވެގެނެއް ނޫނެވެ. ސްކޫލު ދައުރު ނިމޭއިރު ވެސް ތިމާ ހިޔާރު ކުރާނެ ދާއިރާއެއް ގިނަ ކުދިންނަށް ނަގައި ނުގަނެވެ. ސަބަބުތައްވެސް ބައިވަރެވެ. ގިނަ ފަހަރު ވާޒީފާ ލިބުމުގެ ދަތިކަން ހުރުމާއި، ކިޔަވަން ބޭނުންވާ ދާއިރާއަކުން އިތުރަށް މަތީ ތައުލީމް ހާސިލް ކުރެވެން ނެތުމާއި، ތަފާތު ސްޓްރީމްތަކަށް ކިޔަވައިދޭއިރު ޝައުޤުވެރިވާ ދާއިރާއިން ކިޔެވެން ނެތުންވެސް ހިމެނެއެވެ. ކަން މިހެން ހުރި ނަމަވެސް ބައެއް ކުދިން ދުރާލާ، ޅަ އުމުރުގައި ތިމާ ބޮޑުވެގެން ހިޔާރު ކުރާނީ ކޮން ދާއިރާއެއްކަން ނިންމައެވެ.

ދައްކާލަން މިއުޅެނީ މިފަދަ މީހެއްގެ ވާހަކައެވެ. މަޝްހޫރު ސުއި ސެލޫންއަކީ ކޮންމެ މީހަކަށްވެސް ނޭނގި ނުދާނެ ނަމެކެވެ. ރީތި ކަމަށް ލޯބި ގިނަ މީހުން ޚިޔާރުކުރާ އެއް ތަނަކީ ހަމަ ސުއި ސެލޫންއެވެ.

ކޮންމެއަކަސް ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމްއާއި ވާހަކަ ދައްކާލުމުން އަޑު އިވިގެންދިޔައީ ޝައުޤުވެރިވާ ފަދަ ތަފާތު ވާހަކައެކެވެ. މިދާއިރާއާއި މެދު ވިސްނާ މިންވަރު ވަރަށްވެސް ތަނަވަހެވެ. ސުއިޒާވަނީ ދާދި ފަހު ބޭއްވި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރޯޖަނަލް ކޯޕަރޭޝަން (ސާކް) ގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ދޭ އަންހެން ވިޔަފާރިވެރިންގެ އެވޯޑު ހާސިލްކޮށްފައެވެ.

މިހިސާބަށް ވާސިލްވެވުނު ގޮތް ކިޔައިދެމުން ސުއިޒާ ވިދާޅުވީ މިދާއިރާއަށް ވަދެވުނީ ކުޑައިރުސުރެ މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ކަމަށާއި ބައްޕައަކީވެސް މިފަދަ ހެއާ ޑްރެސިންގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ބައްޕަ ބޯކޮށާތަން ފެނުމުން އެކަމަށް ވަރަށް ޝައުޤުވެރިވެ ބައްޕަ ކައިރިން އެމަސައްކަތް ކޮންމެވެސް ވަރަކަށް ދަސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ސްކޫލުގައި އުޅެމުންވެސް ސްކޫލު ކިޔަވައި ގަޑި ނިންމުމަށްފަހު ދެން އޮންނަ ވަގުތުތަކުގައި އޭނާގެ ބޭބެ ސެލޫންގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި އެކަމުގެ ތަޖްރިބާ ލިބުނު ކަމަށާއި އެއީވެސް މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޕާޓްޓައިމްކޮށް ކުރި މަސައްކަތެއް ކަމަށް ސުއި ވިދާޅުވިއެވެ. އަދި އެއަށްފަހު ސްކޫލު ނިންމުމަށްފަހު މަޝްހޫރު ޝެރީ ސެލޫންގެ މޭކަޕް އާޓިސްޓޭއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުޞަތަކީ ތަފާތު ތަޖްރިބާއެއް ކަމަށްވެސް ސުއިޒާ ވިދާޅުވިއެވެ.

އެތަނުގައި މަސައްކަތް ކުރި ދުވަސްވަރު މިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވި ޝައުޤުވެރިކަން އިތުރުވެގެން ދިއުމުން ބޭނުންވީ އަމިއްލަ ސެލޫންއަށް ހުޅުވައި މީހުންނަށް ޚިދުމަތް ދިނުމަށް ކަމަށާއި އެގޮތުން 2003 ވަނަ އަހަރު އަމިއްލަ ގޭގައި، އަންހެނުންނަށް ހާއްސަ ސެލޫންއެއް ސުއިޒާ ހުޅުވިއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އެ ސެލޫންގެ ހިދުމަތް ފިރިހެނުންނަށްވެސް ފުޅާކޮށް، މާފަންނުގައި މިހާރު ހުންނަ ސުއި ސެލޫން ހުޅުވިއެވެ. އަދި 2013 ވަނަ އަހަރު ސުއި ސެލޫންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހުޅުމާލޭގައިވެސް ފެށިއެވެ.

ފާއިތުވި 35 އަހަރު މިދާއިރާގައި ތަފާތު ގިނަ ތަޖްރިބާއެއް ލިބިގެންދިޔަކަން ފާހަގަކުރައްވާ ސުއިޒާ ވިދާޅުވީ އަމިއްލަ ސެލޫންއެއް ހުޅުވައިގެން މިއަދާއި ހަމައަށް މަސައްކަތްކޮށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިއްބެވި ކަސްޓަމަރުން ކަމަށާއި އަދި އާއިލާ މީހުންގެ އެހީތެރިކަންވެސް މިކަމަށް ލިބިގެން ދިޔަ ކަމަށެވެ. އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ސުއިޒާ ފާހަގަކުރެއްވީ މިދާއިރާގައި މަސައްކަތް ކުރަން ޝައުޤުވެރިކަން ހުންނަ ކުދިން މަދު ކަމަށާއި މިކަމުގެ ސަބަބަކީ މިދާއިރާއިން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ނުލިބުން ކަމަށެވެ.

ސުއިޒާ އިބްރާހިމް

މިދާއިރާގައި މަސައްކަތް ކުރާތާ އެތައް އަހަރެއްވީ އިރުވެސް އެއްވެސް މީހެއްގެ ފަރާތުން ނެގެޓިވް ކޮމެންޓެއް ނުލިބޭއިރު، މިއީ ހަޑި މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ޝައުޤުވެރިކަމާއި އެކީ މިމަސައްކަތްކޮށްފިނަމަ ގިނަ ބައެއްގެ އިޚްތިރާމް ލިބޭ ރީތި މަސައްކަތެއް ކަމަށާއި ރަނގަޅު އާމްދަނީއެއް މިކަމުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން މަދުވުން ކަމަށްވާއިރު މިމަސައްކަތަށް ބިދޭސީން ގެނައުމަކީ ދެރަ މައްސަލައެއް ކަމަށާއި، ގިނަ އަދަދެއްގެ ފާއިސާ ގައުމުން ބޭރަށްދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވަޒީފާގެ ބާޒާރު އިތުރުކުރުމަށްވެސް ރަނގަޅު ދާއިރާއެއްކަން ފާހަގަކުރެވޭ ކަމަށާއި މިކަމަށް ކުދިން ޝައުޤުވެރިކުރުވުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަކީ ސުއިޒާގެ އެންމެ ބޮޑު އެއް އުއްމީދެވެ.

ސުއިޒާ ވިދާޅުވީ އޭނާގެ މި ކެރިއަރުގައި އެންމެ އުފާވަނީ އަލަށް މިދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް އެކަމުގެ ތަޖްރިބާ ދިނުން ކަމަށާއި އެގޮތުން އޭނާ މުވައްޒަފަކަށް ހުރި ކުއްޖަކު މިހާރު އަމިއްލަ މަސައްކަތަށް ނިކުތުމަކީ ލިބުނު ވަރަށް ބޮޑު ފަޚްރެއް ކަމަށެވެ. އަދި މި ލިބުނު އެވޯޑަކީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް ކަމަށާއި މިކާމިޔާބީ އަކީ ސުއި ސެލޫންއިންދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް