23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މޯލްޑިވްސް އިސްލާމިކް ބޭންކް

250،000 ރުފިޔާ އާ ހަމައަށް މުދާ ނެގޭގޮތަށް، އިސްލާމިކް ބޭންކްގެ އުޖާލާ ދިރިއުޅުން ތައާރަފްކޮށްފި

  • މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 7 މާރޗް 2019 | ބުރާސްފަތި 20:41 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިސްލާމިކް ބޭންކުގެ ބްރާންޗެއްގައި ހިދުމަތްދެނީ -- އާކައިވް

އުޖާލާ ދިރިއުޅުންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) އިން ކްރެޑިޓް ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ. 

ބުރާސްފަތި ދުވަހު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކްރެޑިޓް ފެސިލިޓީ ތައާރަފްކޮށްދެއްވީ އެމްއައިބީގެ ޗީޕް އެކްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު އަބްދުލް އެހްތަޝާމް އަބްދުލް މުހައިމަން އާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހެވެ.

އިސްލާމިކް ބޭންކުން ތައާރަފުކުރި، ކްރެޑިޓް ފެސިލިޓީ، އުޖާލާ ދިރިއުޅުމުގެ ދަށުން އުމުރުން 20 އަހަރާއި 60 އަހަރާއި ދެމެދުގެ ދިވެހިންނަށް ކްރެޑިޓް ފެސިލިޓީގައި ބައިވެރިވެވޭނެއެވެ. އަދި 25،000ރ. އާއި 250،000ރ. ގެ މުދާ ގަނެވޭނެ ކަމަށާއި، އެ މީހަކަށް މުދާ ނެގޭ މިންވަރު ކަނޑައަޅާފައި ވަނީ ލިބޭ މުސާރަ އަކަށް ބިނާކޮށް ކަމަށް އެ ބެންކުން ބުންޏެވެ. 

އުޖާލާ ދިރިއުޅުން މެދުވެރިކޮށް ނަގާ މުދާތަކަށް ފައިސާ ދައްކައި ނިންމަން ޖެހެނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އަދި ކިތަންމެ ގިނަ މުދަލެއް ގަތް ނަމަވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެއެވެ. 

މި ކްރެޑިޓް ފެސިލިޓީ ސްކީމުގެ ދަށުން އިލެކްޓްރޯނިކްސް އާއި ފަރުނީޗަރު ހިފާގެންގުޅޭތަކެތި އަދި އައުޓްބޯޑު އިންޖީނާއި ސޯލާ ޕެނަލް ފަދަ މުދާ ގަނެވޭނެއެވެ. މި ފެސިލިޓީއަށް ރަޖިސްޓްރީވުމަށްފަހު އަހަރުގެ އެކި ދުވަސްތަކުގައިވެސް މުދާ ނެގޭއިރު، ރަޖިސްޓްރީވުމަށްފަހު ހުށަހަޅާ ދުވަހު މުދާ ލިިބޭނެކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. 

މުދާތައް ވިއްކާނީ އެމްއައިބީން ގަބޫލްކުރާ ފިހާރައަކުން ކޯޓޭޝަނެއް ގެންދިއުމުންނެވެ. އެފަދަ ތަނަކުން މުދާ ވިއްކާނީ އެމްއައިބީ އަށް މުދާ ގަންނަން ލިބޭ އަގުގެ ތެރެއަށް ފައިދާއެއް ލުމަށް ފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޮން ތާކު ކާކު

2 ހަފްތާކުރިން

250،000.00 ރުފިޔާ ނެގީމަ 500،000.00 އަނބުރާ ދައްކަންޖެހޭ! ވަރަށް ތާހިރެއްނޫން!

0
0