23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެމެރިކާގެ ސެނެޓު

ވަލީއަހުދު ސަލްމާނަކީ ސީދާ ގޭންގްސްޓާރެއް: އެމެރިކާގެ ސެނެޓަރުން

  • ސެނެޓަރުން މިހެން ވިދާޅުވީ އެމެރިކާއިން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު ކަމަށް އައްޔަން ކުރަން ހުށައެޅުއްވި އަބީޒޭދްއާއި ސުވާލުކުރައްވަމުން
  • މީގެ ތެރޭގައި ޑިމޮކްރެޓު ސެނެޓަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވާ
އަމަން ހަލީމް | soupized

| 7 މާރޗް 2019 | ބުރާސްފަތި 19:04 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ސެނެޓުގެ އަޑު އެހުމުގައި އަބީޒޭދް ސެނެޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްްވަނީ -- ރޮއިޓަރސް

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމަލުތައް ހުރީ ސީދާ ގޭންގްސްޓާރެއް ކަންތައް ކުރާ ގޮތައް ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެއެވެ.

އެމެރިކާއިން ސައުދީ އަރަބިއާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަގާމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައެޅުއްވި ބޭފުޅާ ކަމުގައިވާ، ކުރީގެ އަސްކަރިއްޔާގެ ޖެނެރަލް ޖޯމް އަބީޒޭދްއާއި ސުވާލުކުރައްވަމުން ސެނެޓަރުން ވަނީ ވަލީއަހުދުގެ މައްސަލައިގައި މިހާރަށް ވުރެ ހަރުކަށިވާން ބާރު އަޅުއްވާފައެވެ. އަދި ސައުދީން އިންސާނީ ހައްގުތަކަށް އަރައިގަނެ ކުރާ މަސައްކަތްތަކާއި، ހާއްސަކޮށް ނޫސްވެރިޔާ ޖަމާލް ޙަޝޯގީގެ މައްސަލައާއި ޔަމަނުގެ ހަނގުރާމައިގެ މައްސަލައިގައި، ސައުދީ ޖަވާބުދާރީ ކުރުވަން ކެރިވަޑައިގަންނަވާނެތޯވެސް އަބީޒޭދްއާއި ސެނެޓަރުން ސުވާލުކުރައްވާފައިވެއެވެ.

އެގޮތުން ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ ޖޯން ރިޝްކް ވިދާޅުވީ ސައުދީއާ އެކު ގުޅުން ބޭއްވުން މުހިއްމު ނަމަވެސް، އެ ގުޅުން ގާއިމުކުރަން ޖެހޭނީ އެމެރިކާއިން ގަބޫލުކުރާ އުސޫލުތަކާ ހަމަތަކުގެ މަތިން ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން އަބީޒޭދް ވިދާޅުވީ ސައުދީއާ އެކު އޮތް ގުޅުމަކީ ދޫކޮށްލެވޭ ވަރުގެ ގުޅުމެއް ނޫން ކަމަށެވެ. ނަމަވެސް މަގާމު ލިބިވަޑައިގެންފި ނަމަ މަޝްވަރާކޮށްގެން ސައުދީ ޖަވާބުދާރީ ކުރުވަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަބީޒޭދްއާއި ސެނެޓުން ސުވާލުކޮށްފައިވަނީ ޙަޝޯގީގެ މަރުގެ މައްސަލައިގައި ސަރުކާރުގެ އިދާރާތަކުން ބްރީފިންއެއް ދިންތާ ދެ ދުވަސް ނުވަނީހެވެ. އެ ދުވަހުގެ ބްރީފިންއަށް ފަހުވެސް ސެނެޓަރުން ވިދާޅުވީ ޙަޝޯގީ މަރާލަން އަމުރު ކުރީ ވަލީއަހުދު ކަމާއި މެދެ ޝައްކެއް ވެސް ނެތް ކަމަށެވެ. މީގެ ތެރޭގައި ޑިމޮކްރެޓު ސެނެޓަރުންނާއި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޖަމާލް ހަޝޯގީ މަރާލާފައިވަނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައިއެވެ. އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި އަމަލުގައި ވަލީއަހުދުގެ އެއްވެސް ބައިވެރިވުމެއް ނުވާކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ޖާސޫސޫ އިދާރާއިން ވަނީ މި ކަމުގައި ވަލީއަހުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް