23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އައިޓިބީ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

  • ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އެކީގައި މަސައްކަތް ކުރަން ޖެހޭ
ސިމާހާ ނަސީމް | sim_kamana

| 7 މާރޗް 2019 | ބުރާސްފަތި 18:26 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ނައިބު ރައީސް އައިޓީބީ ފެއަރ އަށް ޒިޔާރަތް ކުރެއްވުމުގެ ތެރެއިން -- ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އެކީގައި މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއަރ އަށް ޒިޔާރަތްކުރައްވައި ބުރާސްފަތި ދުވަހު ނައިބު ރައީސް ވިދާޅުވީ މި ފެއަރ މިހާތަނަށް ވަރަށް ކާމިޔާބު ކަމަށާއި ރާއްޖެއާ ދޭތެރެގައި މީހުން ދެކޭ ގޮތް ވަރަށް ޕޮޒިޓިވް ކަމަށެވެ. އަދި ރާއްޖޭގެ މެހެމާންދާރީ އެ ފަރާތްތަކުން ބަލައިގަންނަ ކަމަށާއި ރާއްޖެއާ ދޭތެރޭގައި ބޭރު މީހުން ދެކެމުންދިޔަ ގޮތް މުޅިން ބަދަލުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވަން ދާއިރާގައި ހުރިހާ ފަރާތްތައް އެކީގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"އިންޑަސްޓްރީގެ ހުރިހާ ޕާޓްނާރުން އެއްކޮށް މަސައްކަތްތަކެއް ކުރިން އެބަޖެހޭ، އަޅުގަނޑުމެންގެ މި ރީތި ތިމާވެށި، އަޅުގަނޑުމެންނަށް ލިބިފައި މިވާ ގުދުރަތީ ހަދިޔާ ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެން އޭގެ ބޭނުން ހިފަން އެބަޖެހޭ. ދުނިޔޭގައި އެންމެ ރީތި މަންޒިލެއްގެ ވާހަކަ ދައްކާ ތަނަކީ ދިވެހިރާއްޖެ. އިންޑަސްޓްރީ އާއި ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަޖެހޭ،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ޓްރޭޑް ޕާޓްނަރުން ފެއަރގައި ބައިވެރިވެފައިވާއިރު ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދިޔުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އުންމީދެއް ކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އައިޓީބީ ފެއަރއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. މި ފެއަރ އަށް ދުވާލެއްގެ މައްޗަށް ލައްކައަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް