23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މަގޭ ރިޕޯޓު

ހިޔާނާތް ބަލަން މަޖިލީހުގައި ތިބީ ހިޔާނާތް ހިންގި ކަމަށް ބުނާ މެމްބަރުން!؟

 • އެމްއެމްޕީއާރްސީގެ މައްސަލަ މާލިއްޔަތު ކޮމެޓީގައި
 • ހިޔާނާތުގެ ފައިސާގައި ޖެހުނު މެމްބަރުން ކޮމެޓީގައި
 • މަސްލަހަތު ފުށުއަރާ ހާލަތުގައި ވެސް މެމްބަރުން ކޮމެޓީގައި
ޙުސައިން ޙަސަން | hucenhassan

| 7 މާރޗް 2019 | ބުރާސްފަތި 16:35 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މަޖިލީހުގެ މެމްބަރުންތަކެއް -- ފޮޓޯ: ރާއްޖެ އެމްވީ

ސިއްރިޔާތުގައި ތިމާ ޝާމިލުވެ، ބައިވެރިވެ، އުޅެފައިވާ ކަމެއް ފަޅާ އެރުމުން، ރަނގަޅު ގޮތަކީ، ދެން ވެސް އެކަމުން ދުރުހެލިވުމެވެ. ރައްޔިތުން ޖަވާބުދާރީވާންޖެހޭ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ކަންކަމުގައި މައާފަށް އެދެންޖެހެއެވެ. އިސްތިއުފާ ވެސް ދެއްވުމަކީ އެންމެ ރީތި ގޮތެކެވެ. ނަމަވެސް ކުރި ކުށަށް އިއުތިރާފުވެ، މައާފަށް އެދުމަކީ އިތުރަށް ބޭޒާރުވެދާނެ ކަމަކަށް ވާތީ، ފާޅުގައި ތުހުމަތުތަކަށް އިންކާރު ކުރާ މަންޒަރު އެބަ ފެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފެންނަނީ އެ މަންޒަރެވެ.

ފަހުގެ ތާރީހުގައި ހިނގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާގައި ޖެހުނު މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ. ދައުލަތުގެ މާލިއްޔާ އިން ގެއްލިގެން ދިޔަ 1.5 ބިލިއަން ރުފިޔާ, 155 މީހެއްގެ އެކައުންޓަށް ވަތް ކަމުގެ ހެކި ފެންނަން އެ ހުރި އިރު، މެމްބަރުންނަށް ބޮޑު އަދަދުތަކުން ފައިސާ ޖަހާކޮށްފައި ވެއެވެ. ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުން ކުރި އެސްއޯއެފްގެ އެކައުންޓުން ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ފައިސާ ޖަމާކޮށްފައި ވެއެވެ. އެސްއޯއެފްގެ ޓްރާންސެކްޝަންތަކުން އެނގޭ ގޮތުން، އެންމެ ގިނައިން ފައިސާ ޖަމާވެފައިވާ އެއް މެމްބަރަކީ ރިޔާޒު ރަޝީދެވެ. އޭނާއަށް ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވެއެވެ. އެއީ 6.5 މިލިއަން ރުފިޔާއެވެ.

ރިޔާޒަށް އެ ފައިސާ ޖަމާވެފައިވާ ކަން ތަހުގީގު ރިޕޯޓުން އެނގެން އޮތް އިރު ވެސް އޭނާ ގެންދަވަނީ އެކަމަށް އިންކާރު ކުރައްވަމުންނެވެ. ތުހުމަތުތަކުން ބަރީއަވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނުވިތާކަށް އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުގެ މައްސަލަތައް ބަލަމުންދާ މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރިރުކަން ވެސް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. އަދި އެ ކޮމެޓީއަށް އެސީސީގައި ހާޒިރުކޮށް، އެ ކޮމިޝަންގެ މެމްބަރުންނާ ރިޔާޒު ސުވާލު ވެސް ކުރެއްވިއެވެ.

އަމިއްލަ މަސައްލަހަތު އޮތް ކަންކަމުގައި ރިޔާޒު އެ ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އޭނާ އެކަންޏެއް ނޫނެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައިގެން ނުވާނެއެވެ. ސަބަބަކީ އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އެސްއޯއެފް އެއް ލައްކަ ޑޮލަރު ޖަމާކޮށްދީފައި ވުމެވެ. އަދި ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1.5 މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކޮށްފައި ވަނިކޮށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އަމުދުން އެކޮމެޓީގައި ބައިވެރިވެވަޑައިގަންނަވައިގެން ނުވާނެއެވެ.

ނަމަވެސް އަމިއްލަ މަސްލަހަތު އޮތް ކަންކަމުގައި އެކަހެރިވެ، ދުރުހެލިވުމުގެ ބަދަލުގައި މެމްބަރުން ފެންނަނީ ދިމާ އިދިކޮޅަށް އަމަލު ކުރާތަނެވެ. ކޮންފްލިޓް އޮފް އިންޓްރަސްޓަކީ މަޖިލީހުގެ މެމްބަރުން ދަންނަ އެއްޗެއް ނޫނެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރުން އަމަލު ކުރާންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ދައުލަތުގެ މާލިއްޔާއާ ގުޅޭ މުހިއްމު ނިންމުންތައް، ނިންމުމުގެ ބާރު ލިބިފައިވާ މާލިއްޔަތު ކޮމެޓީގެ މަސައްކަތް ތަރުތީބު ކުރެވިފައި ވަނީ އެ މަގަށް ތޯއެވެ. ގާނޫނުއަސާސީގައި އަދި ގަވާއިދެއްގައި ލިޔެފައި އޮތަސް، އަމަލު ނުކުރާ ނަމަ، ތަންފީޒެއް ނުވާނެއެވެ. މެމްބަރުން އަމަލުތަކުން އެ ފެންނަނީ އަމިއްލަ މަސްލަތު ކުރިއަރުވަން ފޫގަޅާފައިވާ މަންޒަރެވެ. އަމިއްލައަށް ހޭވި ހަޑި ފޮރުވައި، ފަސްއަޅައި ފޮރުވަން މަޖިލިސް ދީލައިލައިގެން ނުވާނެއެވެ.

ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މާލިއްޔަތު ކޮމެޓީން ބޭއްވި ބައެއް ބައްދަލުވުންތައް ވަނީ ސިއްރުކޮށްފައެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އެ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ދެ ވެރިން މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރި ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. މަޖިލީހުގެ މަސައްކަތްތަކީ ސިއްރުކޮށްގެން ފޮރުވައިގެން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. މަޖިލީހުގެ ގަވާއިދުން ބާރު އަޅަނީ ވީހާ ވެސް ބޮޑަށް ހާމަކޮށްގެން، މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވީ މައްސަލައެއް ބަލަމުންދާ ދަނޑިވަޅުގައި އެ ކޮމެޓީ ސިއްރުކޮށްގެން ނުވާނެއެވެ. އެގާރަ މެމްބަރުން ހިމެނޭ އެ ކޮމެޓީ ބައްދަލުވުން ސިއްރު ކުރީ ޕީޕީއެމްގެ މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ސަރުކާރުގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީން ސިއްރު ކުރީ ކޯލިޝަންގައި ހިމެނޭ ޖޭޕީ އަދި އެމްޑީޕީގެ މެމްބަރުން ހާޒިރުނުވުމުންނެވެ.

މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ތަމްސީލު ކޮށްދޭ ބާރެވެ. ރައްޔިތުންގެ ބަސް އިއްވައި، ރައްޔިތުންގެ ހުކުމް އިއްވާ ތަނަކީ އެއީއެވެ. ނަމަވެސް ވަކި ބައެއްގެ މަސްލަހަތު ހިޔާމަތް ކުރަންޖެހިފައިވާ ތަނަކަށް އެތަން ވެއްޖެ ނަމަ، ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތެވެ. ކުރިއެރުމެއް ނެތެވެ.

އެމްއެމްޕީއާރްސީގެ ހިނާޔާތުގެ މައްސަލަ ފެންމަތިވިތާ ތިން އަހަރު ވީ ފަހުން އެ ތަހުގީގު މަޖިލީހުން ފެށީ ކީއްކުރަންތޯއެވެ؟ މަޖިލީހުގެ އުމުރު ހަމަވާން ތިން މަހަަށްވެފައި ވަނިކޮށް، އެ ތަހުގީގު ފެށުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މަޖިލީހުގެ މެމްބަރުންނަށް، ދާއިރާ ތަމްސީލު ކުރުމަށް ބާކީ އޮތް 81 ދުވަހުގެ ތެރޭގައި ހޯދާ ހޯދުންތަކުން ފިޔަވަޅު އަޅާނީ ކާކަށް ހެއްޔެވެ؟ އެ ފިޔަވަޅު ހަމަ ރައްދު ވާނީ އެ އެ މީހުންނަށެވެ. ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުމުގެ ކުރިން އެ މަސައްކަތް ހުއްޓާލަށެވެ. އެ މަސައްކަތަށް ދެން ފަށާނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް