20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ތައިލެންޑުގެ އާއްމު އިންތިހާބު

ބޮޑުވަޒީރު ކަމަށް އަމީރާގެ ނަން ހުށައެޅި މައްސަލައިގައި ތައި ރަކްސާ ޕާޓީ އުވާލައިފި

  • ކޯޓުން ވަނީ އެ ޕާޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ދިހަ އަހަރަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަނާކޮށްފައި
އަމަން ހަލީމް | soupized

| 7 މާރޗް 2019 | ބުރާސްފަތި 14:15 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ތައި ރަކްސާ ޗާޓް ޕާޓީގެ މެމްބަރުން ކޯޓުން ނިކުމެގެން ދަނީ -- އޭޕީ

މާރޗު މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ތައިލެންޑުގެ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ކަމަށް އަމީރާ އުބުލްރަތަނާގެ ނަން ހުށައެޅުއްވި މައްސަލައިގައި ތައި ރަކްސާ ޗާޓް ޕާޓީ އުވާލަން އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ކޮންސްޓިޓިއުޝަނަލް ކޯޓުން ބުނެފައި ވަނީ ރަކްސާ ޕާޓީ އުވާލަން ނިންމާފައި ވަނީ އެ ގައުމުގު ޝާހީ އާއިލާގެ މެމްބަރަކު އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ހުށައެޅުމުން ކަމަށެވެ. މިއީ ސީދާ އެ ގައުމުގެ ގާނޫނު އަސާސީ އާއި އާއްމު މިންގަނޑުތަކާ ވެސް ޙިލާފު ކަމެއް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ. މީގެ އިތުރުން ކޯޓުން ވަނީ އެ ޕާޓީގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ދިހަ އަހަރަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަނާކޮށްފައެވެ.

ތައި ރަކްސާ ޕާޓީން އަމީރާ އުބޮލްރަތަނާގެ ނަން ބޮޑުވަޒީރު ކަމަށް ހުށައެޅީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އެ ގައުމުގެ ރަސްގެފާނު އަދި އުބޮލްރަތަނާގެ ބޭބެ، މަހާ ވަޖިރަލޮންކޯން ވަނީ އަމީރާ ކުރިމަތި ލެއްވުމަކީ ގާނޫނު އަސާސީއާ ޙިލާފު ކަމެއް ކަމަށް ވިދާޅުވެ ރޯޔަލް އޯޑަރެއް ނެރެފައެވެ.

އުވާލަފާނެ ކަމުގެ ބިރަށް، ތައި ރަކްސާ ޕާޓީން ވެސް ވަނީ އެކަމަނާގެ ނަން އަނބުރާ ގެންދަން ނިންމާފައެވެ. ތައި ރަކްސާ ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާ އަދި އޭނާގެ ކޮއްކޯފުޅު ޔިންގލަކް ޝިނަވަޓްރާއާ ގުޅުން ހުރި ސިޔާސީ ޕާޓީއެކެވެ.

ތައިލެންޑުގެ އާންމު އިންތިހާބު ވެގެން ދާނީ، ފަސް އަހަރުގެ އަސްކަރީ ވެރިކަމަށް ފަހު، އެ ގައުމުގައި ބޭއްވޭ ފުރަތަމަ އިންތިހާބަށެވެ. މި އިންތިހާބުގައި އަސްކަރީ ބަޢާވާތުގެ ވެރިޔާ އަދި ކުރީގެ ސިފައިންގެ ޖެނެރަލް ޕްރަޔުތް ޗަން-އޫޗާ ވެސް ކުރިމަތިލައްވައެވެ. އަދި ކޯޓުގެ ނިންމުމާ ގުޅިގެން އޭނާއަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައި ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް