20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ހުސެއިން ނިހާން (ނިހާޓް)

ވިކްޓްރީ ދޫކޮށް ނިހާޓް މާޒިޔާއަށް ސޮއިކޮށްފި

  • ނިހާޓް ވަނީ ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގައި މޮޅު ކުޅުމެއް ދައްކާފައި
ލީވާން އަލީ | MrLeevaan

| 7 މާރޗް 2019 | ބުރާސްފަތި 06:44 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން -- ޓްވިޓަރ

ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ހުސެއިން ނިހާން (ނިހާޓް) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ނިހާޓް މާޒިޔާއަށް ސޮއިކޮށްފައި ވާއިރު، އޭނާއާއެކު މާޒިޔާގެ މިޑްފިލްޑް ލައިން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ނިހާޓް އޭނާގެ ކެރިޔަރު އީގަލްސްއިން 2012 ވަނަ އަހަރު ފެށިއިރު، އޭނާ ވަނީ ކްލަބް ވެލެންސިއާއަށްވެސް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ވިކްޓްރީއަށެވެ.

ވިކްޓްރީގައި މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ނިހާޓް ގައުމީ ސްކޮޑަށްވެސް ވަނީ ނަގާފައެވެ. އެގޮތުން އޭނާ ވަނީ ސާފް ސުޒުކީ ކަޕަށް ރާއްޖެއިން ނެގި ސްކޮޑުގައި ހިމެނި މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

އަންނަ ޖޫން މަހު ފަށާ ދިވެހި ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ ނިހާޓްގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ ސޮއިވެސް ހޯދާފައެވެ.

ނިހާޓް އާއި ހަމްޕު އާއި އިއްބެގެ އިތުރުން ދެން އެންމެ އަވަހަށް މާޒިޔާއަށް ސޮއިކުރާނެ ކަމަށް ބެލެވެނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް