22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:22
އިރުއަރާ 06:18
ފަތިސް 05:03

ބޮލީވުޑް

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

  • ކަރަންއަކީ މިދާއިރާއށް އާމޫނުތައް ތައާރަފް ކުރަން ކުޅާދާނަ އެއް ޑައިރެކްޓަރ
  • ސާރާ ތައާރަފް ވެގެން ދާނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ފެބުރުވަރީ 2017 | ހޯމަ 14:55 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  5. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  6. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  7. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  8. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު


ސާރާ އަލީ ޚާން -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް އަލީ ޚާނާއި ކުރީގެ އަނބިމީހާ އަމްރީތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަން ތައްޔަރު ވަމުންދާ ކަން އޭނާގެ ބައްޕަ ޔަގީން ކޮށްދީފިއެވެ.

 

އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ސައިފް ބުނެފައިވަނީ ސާރާ ބޮލީވުޑަށް ނިކުންނާނީ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމަކުން ކަމަށެވެ.

 

ސައިފް ބުނެފައި ވަނީ ސާރާ ފިލްމް ތަރިއަކަށް ވާން ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި އޭނާ އެންމެ ކުރަން ބޭނުންވާ ކަންތައް ކުރާތީ އުފާވާ ކަމަށެވެ.

 

މީގެ އިތުރުން ސައިފް ބުނެފައި ވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ތަރިން ނުކުންނަން އެންމެ ރަނގަޅު އެއް ޑައިރެކްޓަރަކީ ކަރަން ކަމަށެވެ. އަދި ސާރާ ވެސް ކަރަންގެ ބެލުމުގެ ދަށުން ބޮލީވުޑަށް ނިކުންނަން ނިންމީތީ އުފާ ކުރާ ކަމަށް އޭނާގެ ބައްޕަ ސައިފް ވނީ ބުނެފައެވެ.

 

ކަރަން ޖޯހަރަކީ މިދާއިރާއށް އާމޫނުތައް ތައާރަފް ކުރަން އެންމެ ކުޅާދާނަ އެއް ޑައިރެކްޓަރ ކަމަށް ވެސް ސައިފް ވަނީ ބުނެފައެވެ.

 

ޚަބަރުތައް ބުނާ ގޮތުން ސާރާ ބޮލީވުޑަށް ތައާރަފް ވެގެން ދާނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިންނެވެ.

 

މި ފިލްމްގައި ސާރާއާ އެކު ލީޑް ރޯލުން ފެނިގެންދަނީ ޓައިގަރ ޝްރޮފް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

ކަރަން ވަނީ އޭނާގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ވެސް ބޮލީވުޑަށް އާ ތަރިންތަކެއް ތަޢާރަފް ކޮށްދީފައެވެ.

 

އެފިލްމުން ބޮލީވުޑަށް ތައާރަފްވި އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލޯތްރާ މިހަރު ވަނީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތރިންގެ ތެރޭގައި ހިމެނިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް