23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސްރީ ލަންކާ

ބަޖެޓް ހުށަހެޅުމާއެކު ލަންކާގައި ވެހިކަލްތަކުގެ އަގު ބޮޑުވެއްޖެ

  • 800 ސީސީއިން ދަށުގެ ވެހިކަލްތަކުންވަނީ 150،000 ރުޕީސް އުފުލިފަ
އަބުދުﷲ މުހައްމަދު | 8Abbo

| 6 މާރޗް 2019 | ބުދަ 23:33 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޓެކްސް ނެގުމަށްފަހު އަގުވަނީ 150،000 ރުޕީސްއާއި 600،000 އާއި ދެމެދުގެ އަދަދަކަށް ބޮޑުވެފައި -- ޑެއިލީ މިރޯ

އިންޖީނު ލީ އެއްގަމު އުޅަނދުން ނަގަން ނިންމާފައިވާ އެކްސައިޒް ޑިއުޓީއާއި ބަޖެޓްގައި ހިމަނާފައިވާ ލަގްޒަރީ ޓެކްސް ނަގަން ފެށުމުން އެއްގަމު އުޅަނދުގެ އަގު އެވެރެޖްކޮށް 150،000 ރުޕީސް ބޮޑުވެގެންދާނެ ކަމަށް ސްރީ ލަންކާގެ ވެހިކަލް އިމްޕޯޓަރސް އެސޯސިއޭޝަންގެ ޗެއަރމަން ރަންޖަން ޕީރިސް ވިދާޅުވެއްޖެއެވެ.

އިމްޕޯޓް ކުރެވިފައިވާ ވެހިކަލުން ޓެކްސް ނެގުމަށްފަހު އަގުވަނީ 150،000 ރުޕީސްއާއި 600،000 އާއި ދެމެދުގެ އަދަދަކަށް ބޮޑުވެފައެވެ.

ކަސްޓަމްސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 800 ސީސީއިން ދަށުގެ ސުޒުކީ އަލްޓޯ، ދައިހަޓްސޫ މިރާ، ފަދަ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ 150،000 ރުޕީސް އުފުލިފައެވެ.

އިންޖީނު ކެޕޭސިޓީ 1000  ސީސީއިން ދަށުގެ ޓޮޔޯޓާ ވިއޯސް،ޓޮޔޯޓާ ޕެސޯ ފަދަ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ 250،000 ރުޕީސްއާ ހަމަައަށް އުފުލިފައެވެ.

އިންޖީނު ކެޕޭސިޓީ 1300  ސީސީއިން ދަށުގެ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ 500،000 ރުޕީސްއާ ހަމަައަށް އުފުލިފައެވެ.

އިލެކްޓްރިކް އުޅަނދު ފަހަރުގެ ތެރެއިން 70 ކިލޯ ވޮޓްގެ އުޅަނދު ފަހަރުގެ އިމްޕޯޓް ޓެކްސްވަނީ 175،000 ރުޕީސް ކުޑަކޮށްފައެވެ.

އިލެކްޓްރިކް އުޅަނދުފަހަރު ނުވިކޭތީ އަޅުގަނޑުމެން އެ އެތެރެއެއް ނުކުރަން.ބާރަށް ނުވިކޭ އެއްޗަކުން ޓެކްސް ކުޑަކުރުމަކީ ބޭކާރު  ކަމެއް. ޓެކްސް ކުޑަކުރުމުގެ ކުރިން ސަރުކާރުން ޖެހޭ އިންފްރާސްޓްރަކްޗަރ އާއި ވަސީލަތްތައް ފޯރުކޮށްދޭން" ޕީރިސް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް