23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަލްޖީރިއާ

ބޫތެފްލިކާ ގެންދަވަނީ ނޭވާލާ ނިޒާމާއި ނާރުތަކުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން

  • ބޫތެފްލިކާ ވަނީ ވެރިކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައި
އަބުދުﷲ މުހައްމަދު | 8Abbo

| 6 މާރޗް 2019 | ބުދަ 23:11 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


2013 ވަނަ އަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން އާލާސްކަންފުޅު ހުރިގޮތުން ބޫތެފްލިކާ އިންނަވަނީ ފުރޮޅުލީ ގޮނޑީގައި -- އަލްއަރަބިއްޔާ

އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ ގެންދަވަނީ ނޭވާލާ ނިޒާމާއި ނާރުތަކުގެ އާލާސްކަންފުޅެއް  ތަހައްމަލް ކުރައްވަމުންކަމަށް ސްވިޒަލޭންޑްގައި ފަރަންސޭސި ބަހުން ނެރޭ ދުވަހު ނޫހެއްކަމަށްވާ ޓްރިބިއުން ޑި ޖެނީވްގައި ބުދަ ދުވަހު ބުނެފިއެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަލްޖީރިއާގެ ރައީސްއަށް އިންޓެންސިވް މެޑިކަލް ކެއަރ ބޭނުންވާއިރު އެ މަނިކުފާނަށްވަނީ ނާރުތަކުގެ ބާރު ދަށްވުމުގެ ހާލަތަކާ ކުރިމަތިވެވަޑައިގެންފައެވެ. މިހާރުވެސް ޖެނީވާ ޔުނިވާސިޓީ ހޮސްޕިޓަލުގެ އަށް ވަނަ ބުރީގައި ގެންދަނީ ފަރުވާ ދެމުންނެވެ.

"އަލްޖީރިއާގެ ރައީސްގެ ނޭވާލާ ނިޒާމްގެ މައްސަލަ ދިމާވީއްސުރެ އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅުވަނީ "ނުރައްކަލުގައި'" އަދި ހުއްޓުމެއް ނެތި ފަރުވާ ބޭނުންވޭ" ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. 

މިހާލަތުގައިވެސް ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތި ލައްވާނެކަން އިއުލާނުކުރައްވައި، އެކަމާ ރައްޔިތުން ނުރުހުމުން އިންތިޚާބު ވެވަޑައިގެންފިނަމަ އެއް އަހަރު ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށްވަނީ އިއުލާނުކުރައްވާފައެވެ.

ރައީސް އަބްދުލްއަޒީޒު ބޫތެފްލިކާ ރައްޔިތުންނަށް ދެއްވި އެ 'ޑީލަށް'ވެސް ނޫނެކޭ ބުނެ، އެ ޤައުމުގެ ގިނަ އަދަދެއްގެ ދަރިވަރުންވަނީ އިހުތިޖާޖު ފަށާފައެވެ.

ވޭތުވެދިޔަ 20 އަހަރު އަލްޖީރިއާގައި ވެރިކަން ކުރައްވާފައިވާ، އުމުރުން 82 އަހަރުގެ ބޫތެފްލިކާ، ވެރިކަމުގެ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވުމާއި ގުޅިގެން އަލްޖީރިއާގައި ފެށި މުޒާހަރާތައް އަދިވެސް ކުރިއަށްގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

2 ހަފްތާކުރިން

ދަލިވިން ޑެޑް

0
0