20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ޔަމަން ހަނގުރާމަ

ޔަމަނުގެ ހަނގުރާމައިގައި އާއްމުންނަށް ދިން ހަމަލާތަކުގައި ޔޫރަޕާއި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްފައިވޭ: ރިޕޯޓް

  • 2015 އިން އޭޕްރީލް 2018 އަށް ގާނޫނުތަކާ ޚިލާފަށް 27 ހަމަލާއެއް ދީފައިވޭ: ރިޕޯޓް
އަބުދުﷲ މުހައްމަދު | 8Abbo

| 6 މާރޗް 2019 | ބުދަ 23:11 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


27 ހަަމަލާގެ ތެރެއިން 22 ހަަމަލާއެެއްގައި، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައިވޭ: ރިޕޯޓް -- އަލްޖަޒީރާ

ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި އެތައް ސަތޭކަ އާއްމުން މަރުވެފައިވާއިރު އެ ހަނގުރާމައިގައި އެމެރިކާ އަދި ޔޫރަޕްގެ ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ޔަމަނުގައި ގާއިމްވެފައިވާ މްވާތަނާ ފޮރ ހިއުމަން ރައިޓްސް (އެމްއެޗްއާރް) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އޭޕްރީލް 2015 އިން އޭޕްރީލް 2018އަށް ގާނޫނުތަކާ ޚިލާފަށް 27 ހަމަލާއެއް ދީފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކުގައި އާއްމުންގެ 203 މީހުން މަރުވެ 749 މީހުން ޒަޚްމްވެފައިވާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓްގައިވާ ގޮތުން 27 ހަަމަލާގެ ތެރެއިން 22 ހަަމަލާއެެއްގައި، އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބެލެވޭއިރު އިނގިރޭސިވިލާތުގައި އުފައްދާފައިވާ ހަތިޔާރު އޭގެ ތެރެއިން ދެ ހަމަލާއެއްގައި ބޭނުންކޮށްފައި ވެއެވެ. އަދި ތިން ހަމަލާއެެއްގައި އެމެރިކާގައި އެއްބައި އަދި ބައެއް ބައިތައް އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްފައި ވެއެވެ.

އެ ކޯލިޝަނުން ދިން ހަމަލާތަކުގައި އާއްމުންނަށާއި ގެދޮރަށާއި ސްކޫލްތަކަށާއި، ވިޔަފާރިތަކާިއ، ދަނޑުބިންތަކާއި، ސިއްހީ ފަރުވާދޭ ތަންތަނާއި، ސަރުކާރު އޮފީސްތަކާއި، އެކި ހަފްލާތައް ބާއްވާ ހޯލްތައް ހިމެނޭއިރު މިއީ ހަނގުރާމައިގެ ޖަރީމާއެވެ.

"ޑޭ އޮފް ޖަޖްމެންޓް"ގެ ނަމުގައި ރިޕޯޓް ނެރެފައި ވަނީ ބުދަ ދުވަހުއެވެ. މި ރިޕޯޓްގައި ބަލާފައި ވަނީ އާއްމުންގެ މަރުތަކާއި، ތަންތަނަށް ދެވުނު ގެއްލުމާއި ޔަމަނުގެ ބިރުވެރިކަމުގައި އެމެރިކާ އާއި ޔޫރަޕްގެ ދައުރަށެވެ. ހަމަލާތަކުގައި މަދުވެގެން 122 ކުއްޖަކު މަރުވެ އަދި ޒަޚަމްވެފައިވާކަން ވަކިން ފާހަގަކޮށްފައި ވެއެވެ.

"އާއްމުންނަށް ގެއްލުންވާ މިންވަރު ކުޑަކުރާނެކަމަށް ސައުދީއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވެފައިވާ ވައުދަކީ ހުސް ވާހަކައެެއްކަން ސާފު" އެމްއެޗްއާރުގެ ޗެއަރޕަރސަން ރާދްޔާ އަލް މުތަވައްކިލް ވިދާޅުވިއެވެ.

ހައްޖާ ގަވަރނަރޭޓްގައި 2018ގެ އޭޕްރީލްގައި ބޭއްވި ކައިވެނި ހަފްލާއަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 21 މީހުން މަރުވެފައިވާއިރު އެ ހަމަލާގައި ބޭނުންކޮށްފައި ވަނީ އެމެރިކާގައި އުފައްދާފައިވާ ބޮމެއް ކަމަށް އެމްއެޗްއާރުގެ ރިޕޯޓުގައި ވެއެވެ. އެ ހަމަލާގައި މަރުވި މީހުންގެ އިތުރުން 97 މީހަކު ޒަޚަމްވެފައި ވެއެވެ.

އެމްއެޗްއާރުން ވަނީ 2018 ވަނަ އަަހަރު ހަނގުރާމަވެރި ހޫޘީ ޖަމާއަތުން ހަނގުރާމައިގެ ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ކަމަށް ފާހަގަވެފައިވާ ކަންކަމުގެ ރެކޯޑް ވެސް ބަލަހައްޓާފައެވެ. 

މައިން ވަޅުލުމާއި، އާއްމުން ތިބޭ ތަންތަނަށް ހަމަލާ ދިނުމާއި އުސޫލުތަކާއި ޚިލާފަށް މީހުން ހައްޔަރުކުރުން ފަދަ ކަންކަން އެ ޖަމާއަތުން ވެސް ހިންގާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް