23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައްޔިތުންގެ މަޖިލިސް 2019

އެމްޑީޕީ: އަބަދު ވެސް ނަމޫނާ ދައްކާ ޕާޓީއެއް!

  • މަޖިލީހުގައި ވެސް ވަނީ ނަމޫނާ ދައްކާފައި
އަލީ ޔޫސުފް | AliYooosuf

| 6 މާރޗް 2019 | ބުދަ 18:34 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -- އާކައިވް

އަހަރުތަކެއް ވަންދެން ދިގު ދެމިގެން ދިޔަ ވެރިކަމެއް ބަދަލުކުރުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި ދަތުރު ވެސް އެއީ ތާރީހީ ދަތުރެކެވެ. ދިވެހިންނަށް ޑިމޮކްރަސީގެ ހާށަވިޔަނި ދަސްކޮށްދިނީ އެމްޑީޕީންނެވެ. މިހާރު ސިޔާސީ މައިދާނުގައި ބޭނުންކުރާ ތަފާތު ސިޔާސަތުތައް ދިވެހިންނަށް ތައާރަފް ކޮށްދިނީ އެމްޑީޕީއެވެ. ސިޔާސީ ބަހުރުވަ އާއި އިންތިހާބުތައް ކާމިޔާބުކުރުމުގައި ވައުދުވާން ދަސްކޮށްދިނީ ވެސް އެމްޑީޕީއެވެ. މިހެން ގޮސް ސިޔާސީ އެތައް ކަމެއްގައި ފުރަތަމަ ލަގަބު ލިބެނީ އެމްޑީޕީއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ޕާޓީތަކުން އެ ޕާޓީތަކުގެ ކެންޑިޑޭޓުން ރައްޔިތުންނަށް ވިއްކުމަށްޓަކައި ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެ ކެންޑިޑޭޓެއްގެ ހުރި މޮޅުކަމާއި އެ ކެންޑިޑޭޓަކު ހޮވިއްޖެ ނަމަ ކުރާނެ ކަންކަމާއި މިހެން ގޮސް ނުފެއްދޭހާ ނަދުރެއް ދަނީ ބުނަމުންނެވެ. ސަރުކާރާ އިދިކޮޅުގައި ތިބި ފަރާތްތައް ތަމްސީލްކުރާ ބައެއް ކެންޑިޑޭޓުން ވެސް ބޮޑެތި މަޝްރޫއުތައް ހިންގާނެ ކަމުގެ ވައުދުތައް ދަނީ ވަމުންނެވެ. ރަށުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ވާހަކަތައް ދަނީ ދައްކަމުންނެވެ. އެއީ ބަޖެޓުގައި ހިމަނައިގެން ނޫނީ ނުވާ ވަރުގެ ކަންކަމެވެ. އަދި އެއީ މިހާރު އޮތް ސަރުކާރުން ބޭނުން ވެގެން ނޫނީ ނުވާ ވަރުގެ ބޮޑެތި މަޝްރޫއުތަކެވެ. ތާއީދު ހޯދުމަށްޓަކައި ދެއްކުނު ވާހަކައެއް ދައްކަނީއެވެ. މިކަމުގައި ވެސް އެމްޑީޕީ ތަފާތެވެ.

އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީ ނެގުމަށް ވިއްކަނީ އެ ޕާޓީގެ ކެންޑިޑޭޓުން އެކަންޏެއް ނޫނެވެ. އެ ޕާޓީން ރައްޔިތުންނަށް ވިއްކަނީ އެ ޕާޓީގެ ސިޔާސަތުތަކެވެ. ގާނޫނު ހަދާ މަޖިލީހަކަށް ވާތީ، ތަރައްގީ އަށް ވާސިލުވުމަށް ބޭނުންވާ ކަންކަމަށް މަގުފަހިވާނެ ގާނޫނުތައް ބައްޓަންކުރާނެ ގޮތުގެ ތަސައްވުރެވެ. އެމްޑީޕީގެ ކެންޑިޑޭޓުން މަޖިލީހަށް ވަންނާނީ ވެސް އިގްތިސާދީ، އިޖުތިމާއީ، ސަގާފަތާއި ތަރިކަ އާއި އިންސާނީ ތަރައްގީ އާއި ފަރުދިއްޔަތާ ގުޅިފައިވާ ބިލްތަކަކާ އެކުގައެވެ. އެ މެންބަރަކު ހޮވޭ ދާއިރާގެ ތަރައްގީގެ ވާހަކަތައް ގެންނާނީ ގައުމީ ބިލްތަކެއްގެ ތެރެއިންނެވެ. އެހެންކަމުން މަޖިލީހުގެ ކެމްޕެއިންގައި ވެސް ވަކިވަކި ކެންޑިޑޭޓުން ވިއްކުމުގެ އިތުރުން އެހެން ޕާޓީތަކާ ހިލާފަށް އެމްޑީޕީން ވިއްކާނީ ސިޔާސަތުތަކެވެ. މިކަމުގައި ވެސް އެމްޑީޕީން ދައްކަމުންދަނީ ތަފާތު މިސާލެވެ.

ކެންޑިޑޭޓުން ވިއްކުމުގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި އެހެން ނަމޫނާތައް ވެސް އެމްޑީޕީން އަންނަނީ ދައްކަމުންނެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއްކަމަކީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ގައުމުގެ ރައީސް ބައިވެރިވެވަޑައިގެންވި ނަމަވެސް އެ ހަރަކާތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެކިއެކި އިންތިޒާމުތަކަށް ކުރަންޖެހޭ ޚަރަދުތައް ޕާޓީގެ ބަޖެޓުން ކުރުމެވެ. އެ ގޮތުން އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅުތަކުގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވާއިރު ވަޑައިގަންނަވާނީ އެމްޑީޕީގެ ހަރަދުގައެވެ. އަންގާރަ ދުވަހު ކ. އަތޮޅަށް އެމަނިކުފާނު ވަޑައިގެންނެވީ އެމްޑީޕީގެ އެހެން ވެސް ބޭފުޅުން ވަޑައިގެންނެވި ލޯންޗްގައެވެ. ރަސްމީ ލޯންޗްކޮޅު ބޭނުމެއް ނުކުރައްވައެވެ.

މިއީ އެމްރިކާ ފަދަ ޑިމޮކްރަސީ ހަރުދަނާ ގައުމުތަކުގައި ވެސް ކުރަމުން އަންނަ ކަމެކެވެ. އެމެރިކާގެ އިންތިޚާބުތަކުގައި ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ބަލަހައްޓާނީ އެ ޕާޓީއަކުންނެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެއާފޯސް ވަން ފަދަ ރަސްމީ އުޅަނދުފަހަރުގައި ދަތުރުކުރެއްވި ނަމަވެސް އެ ދަތުރުތަކަށް ދާ ޚަރަދަށް ބިލްކުރަނީ ޕާޓީ އަށެވެ. އެމްޑީޕީން ވެސް މި ދައްކަނީ އެ ނަމޫނާއެވެ.

މިފަދަ އެތައް ކަމެއްގައި އެމްޑީޕީން ގެންދަނީ ނަމޫނާ ދައްކަމުންނެވެ. މަޖިލީހުގައި ވެސް އެމްޑީޕީން މިހާތަނަށް ދައްކަމުން އަންނަނީ ނަމޫނާއެވެ. އިދިކޮޅު ފަރާތްތަކުން ހާޒިރުކުރާ ވަޒީރުންނާ ވެސް ސުވާލުކުރަނީ އެމްޑީޕީގެ މެންބަރުންނެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެސް އެ މިސާލު ވަނީ ދައްކާފައެވެ އެހެންކަމުން ސަރުކާރުގެ ވަޒީރެއް ކަމުގައި ވިޔަސް ޖަވާބުދާރީ ކުރުވުމުގައި ވެސް އެމްޑީޕީން ފަސްނުޖެހޭނެކަން ދަނީ ދައްކަމުންނެވެ. އަށާރަވަނަ މަޖިލީހަށް ވުރެ 19 ވަނަ މަޖިލީހުގައި މި ނަމޫނާ މާ ބޮޑަށް ވެސް ފެންނާނެ ކަމަށް ބެލެވެއެވެ. އެމްޑީޕީން ކުރިމަތިލައްވާފައިވާ ގިނަ ކެންޑިޑޭޓުންނަކީ ތައުލީމީ ގޮތުން ވެސް ކުޅަދާނަ ބޭފުޅުންނެވެ. އަނެއްބައި ކެންޑިޑޭޓުންނަކީ މާބޮޑު ތައުލީމެއް ލިބިފައި ނެތް ނަމަވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ހޯދުމަށްޓަކައި ރެއާދުވާލު މަސައްކަތްކުރި ކެންޑިޑޭޓުންނެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ ނަމޫނާ މަޖިލީހަކަށް ވާނެ ކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް