23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސާކް އެވޯޑް

ސާކް އަންހެން ވިޔަފާރިވެރިޔާގެ އެވޯޑް ސުއިޒާއަށް!

  • މިދާއިރާގައި މަސައްކަތް ކުރާތާ 35 އަހަރު
ރިޒުނާ ޒަރީރު | RiznaZareer

| 6 މާރޗް 2019 | ބުދަ 17:57 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ސާކް އަންހެން ވިޔަފާރިވެރިޔާ ސުއިޒާ އެވޯޑާއި އެކު -- ރާއްޖެއެމްވީ

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ދޭ އަންހެން ވިޔަފާރިވެރިންގެ އެވޯޑު ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމް އަށް ލިބިއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގައި މާރޗްމަހުގެ ދެވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސާކްގެ ޤައުމުތަކުގައި ވިޔަފާރިކުރާ ގިނަ އަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވެފައިވެއެވެ.

ރާއްޖެއިން މިއެވޯޑް ހާސިލްކުރި ސުއިޒާ އާއި އެވޯޑް ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ސުއިޒާ ބުނީ މިއީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް ކަމަށާއި މިކާމިޔާބީ އަކީ ސުއި ސެލޫންއިންދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

 

އަދި މިދާއިރާއަށް ވަދެވުނީ ކުޑައިރުސުރެ މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ކަމަށާއި ބައްޕައަކީ ވެސް މިފަދަ މަސައްކަތްތައް ކުރެއްވި ބޭފުޅެއް ކަމަށް ސުއިޒާ ވިދާޅުވިއެވެ.

އެއަށްފަހު އޭނާގެ ބޭބެ ސެލޫންގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި އެކަމުގެ ތަޖްރިބާ ލިބުނު ކަމަށާއި ސްކޫލު ނިންމުމަށް ފަހު ޝެރީ ސެލޫންގެ މަސައްކަތް ކުރުމަށް ލިބުނު ފުރުޞަތަކީ ތަފާތު ތަޖްރިބާއެއް ކަމަށްވެސް ސުއިޒާ ވިދާޅުވިއެވެ.

އެއަށްފަހު އަމިއްލަ ސެލޫންއެއް ހުޅުވައިގެން މިއަދާއި ހަމައަށް މަސައްކަތްކޮށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިއްބެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރާ ކަމަށް ސުއިޒާ ވިދާޅުވިއެވެ.

ސްރީލަންކާގައި ބޭއްވި މިރަސްމިއްޔާތުގައި ސާކުގެ އެހެން ގައުމުތަކުން ފާހަގަކުރެވުނު އަންހެން ވިޔަފާރިވެރިންނަށް ވެސް ވަނީ އެވޯޑު ދީފައެވެ.

މިއީ ކޮންމެ އަހަރަކުވެސް ބާއްވަމުންދާ އެވޯޑް ހަފްލާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް