20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އައިޓީބީ ފެއަރ

އައިޓީބީ ފެއަރ ފަށައިފި

  • ފެއަރ ކުރިއަށްދާނީ މާރޗް 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށް ޖަރުމަންވިލާތުގެ ބާލިންގައި
ސިމާހާ ނަސީމް | sim_kamana

| 6 މާރޗް 2019 | ބުދަ 16:52 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އައިޓީބީ ފެއަރގެ ރާއްޖޭގެ ސްޓޯޅް -- ރާއްޖެއެމްވީ

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ފަތުވެރިކަމުގެ ފެއަރ ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި ފަށައިފިއެވެ.

މި ފެއަރ ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ. ފެއަރ ބައްލަވާލުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ސްޓޯލަށް ވަޑައިގެންފައެވެ. ރާއްޖޭގެ ސްޓޯލްގައި ކުރިއަށްދާ ހަރަކާތްތައް އެމަނިކުފާނު ބައްލަވާލައްވާފައިވާއިރު ފެއަރގައި ބައިވެރިވި ކުންފުނިތަކުގެ އިސް ފަރާތްތަކާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު ރީކޯ މޫސާ މަނިކް ވެސް ފެއަރގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ފެއަރގައި ރާއްޖޭގެ 105 ކުންފުންޏެއް ބައިވެރިވެފައިވާއިރު އެ ކުންފުނިތަކުގެ 260 ރެޕްރެޒެންޓޭޓިވުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ސްޓޭންޑް ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައިވާއިރު ސްޓޭންޑުން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ވަކި ކައުންޓަރެއް، ރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ބޮޑުބެރުގެ ލަވަތަކާއެކު ދިވެހިންގެ ނެށުންތައް ދައްކާލުމަށް ވަކި ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި ދިވެހިންގެ އަތްތެރި މަސައްކަތްތައް ދައްކުވައިދޭ ސާމާނު ވެސް ޑިސްޕްލޭ ކޮށްފައިވެއެވެ. ސްޓޭންޑްގައި ދެން ހުރީ ކުންފުނިތަކަށް ދޫކޮށްފައިވާ ކައުންޓަރުތަކެވެ. ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކުގެ އިތުރުން ގިނަ ރިސޯޓުތަކުން ވަނީ ފެއަރގައި ބައިވެރިވެފައެވެ.

މިފަހަރުގެ ފެއަރގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށް ހުންނަވާނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިފަހަރު އައިޓީބީ ފެއަރގެ ހޯސްޓް ކުރާ ޤައުމަކީ މެލޭޝިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް