20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ފޯބްސްގެ ބިލިއަނަރުން 2019

ދުނިޔޭގެ އެއްމެ ޒުވާން ބިލިއަނަރަކަށް ކައިލީ ޖެނަރ!

  • ކައިލީއަކީ މަގްބޫލު ކައިލީ ކޮސްމެޓިކްސްގެ ބާނީ
  • އޭނާ ނިސްބަތްވަނީ އެމެރިކާގެ މަޝްހޫރު ކަރޑާޝިއަން-ޖެނަރ އާއިލާއަށް
އަމަން ހަލީމް | soupized

| 5 މާރޗް 2019 | އަންގާރަ 20:55 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ޒުނިޔޭގެ އެއްމެ ޒުވާން ބިލިއަނަރު ކައިލީ ޖެނަރ -- ފޯބްސް މަޖައްލާ

އުމުރުން އެންމެ 21 އަހަރުގައި، އެމެރިކާގެ މަޝްހޫރު ކަރޑާޝިއަން-ޖެނަރ އާއިލާއަށް ނިސްބަތްވާ ކައިލީ ޖެނަރ ދުނިޔޭގެ އެއްމެ ޒުވާން ބިލިއަނަރުގެ މަގާމު ހޯދައިފިއެވެ.

މަގްބޫލު ކައިލީ ކޮސްމެޓިކްސްގެ ބާނީ އަދި ރިއާލިޓީ ޓީވީ ތަރި ކައިލީ ޖެނަރއަކީ ފޯބްސްގެ ތާރީހުގައި ވެސް ވާރުތަނުވާ މިލްކިއްޔާތަކުން (ސެލްފް-މޭޑް) ބިލިއަނަރަކަށްވި އެންމެ ހަގު މީހާއެވެ. މިއީ ކުރިން މި ލަގަބު ހޯދި ފޭސްބުކްގެ އެއް ބާނީ އަދި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގްއަށް ވުރެ ވެސް ހަގު އުމުރެކެވެ. ޒަކަބާގް އެންމެ ޒުވާން ބިލިއަނަރަކަށް 2006ވަނަ އަހަރުގެ ތެރޭގައިވީ އުމުރުން އެއްމެ 23 އަހަރުގައެވެ.

ކައިލީގެ މިލްކިއްޔާތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސްއިން ރިޕޯޓް ކޮށްފައިވާ އިރު، އޭނާއަކީ ސެލްފް-މޭޑް ބިލިއަނަރެއްގެ ގޮތުގައި ގިންތި ކުރުމުން އެ މަޖައްލާއަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިކަމުގެ ރައްދުގައި ފޯބްސްއިން ބުނެފައިވަނީ ކައިލީއަށް އާއިލާގެ އެހީގައި ވިޔަފާރި ފަށައިގަންނަން އެހީ ލިބުނުކަމުގައިވީ ނަމަވެސް، އޭނާގެ ރައުސުލްމާލުގެ ބޮޑު ބަޔެއް ހިއްސާކުރާ ކައިލީ ކޮސްމެޓިކްސް ކުރިއަރައިގެން ދިޔައީ އަމިއްލަ މަސައްކަތުން ކަމަށެވެ.

އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި އެއްމެ ޒުވާން މީހާއަށް ކައިލީ ވީކަމުގައިވީ ނަމަވެސް، ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަކީ ނޯވޭގެ ރައްޔިތެއް ކަމުގައިވާ އެލެކްޒެންޑްރާ އެންޑްރެސަންއެވެ. 1.4 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ އެންޑްރެސަން ބިލިއަނަރަކަށް ވީ އުމުރުން އެއްމެ 20 އަހަރުގައެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތަކީ އެއްކޮށްހެން އޭނާގެ އާއިލީ ކުންފުނީގެ ހިއްސާއިން ލިބިފައިވާ މިލްކިއްޔާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް