23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެޗްއާރ އެކްސްޕޯ 2019

ކޮންވެންޝަން ވަރަށް ކާމިޔާބު، ތަރުހީބު ވަރަށް ރަނގަޅު: އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް

  • ދެ ވަނަ އެކްސްޕޯ އޮންނާނީ 2020 ވަނަ އަހަރު
  • ވަރަށް ރަނގަޅު ކަމެއް، ގިނަ މައުލޫމާތުތަކެއް ލިބުނު: ބައިވެރިން
އަލީ ސަމާޚް | AliSamah8

| 5 މާރޗް 2019 | އަންގާރަ 18:20 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސެސް ޕްރޮފެޝަނަލްގެ ރައީސް ހުސެއިން އަފީފް ވާހަކަދައްކަވަނީ -- ގޫގުލް

ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ވަރަށް ކާމިޔާބު ކަމާށާއި، ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ކޮންވެންޝަން އިންތިޒާމް ކުރި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ)ގެ ރައީސް ހުސޭން އަފީފް ވިދާޅުވެއްޖެ އެވެ.

ހިއުމަން ރިސޯސްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންތިޒާމް ކޮށްގެން ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ކޮންވެންޝަންގައި ރާއްޖޭގެ އިތުރުން ބޭރުގެ ވާހަކަ ދެއްކުންތެރިން ވަނީ ބައިވެރިވެފައެވެ. 

ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތަށްފަހު ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން އަފީފް ވިދާޅުވީ، މި ކޮންވެންޝަންގައި 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި، ބޮޑު ތަރުހީބެއް ލިބިފައިވާ ކަަމަށެވެ. 

ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑައިރެކްޓަރ އޮފް ޓްރެއިނިންގ، ޑިވޮލޮޕްމެންޓު އެންޑް ކޮލެޓީގެ މަގާމުވެސް އަދާކުރައްވަމުންގެންދަވާ އަފީފް ވިދާޅުވީ، މި ކޮންވެންޝަންގެ ސަބަބުން އެންމެ ބޮޑަށް ފާހަގަވެފައިވަނީ މިފަދަ ހަރަކާތަކަށް މީހުން ބޭނުންވެފައި ތިބި މިންވަރުކަމަށެވެ. 

''މައުލޫމާތު ފޯރުކޮށް ދިނުމާއި، މައުލޫމާތު ހޯދުމާއި، މައުލޫމާތު ލިބިގަތުމަށް މީހުން ބޭނުންވެފައި ތިބިވަރު. ރާއްޖޭގައި މިފަދަ ކަމެއް ކުރެވުނީމަ އެފަރާތްތަކުން ވަރަށް އުފާވާ ކަމެއް. އެއީ މީގެ އެންމެ މުހިއްމު ކަމަކީ.'' އަފީފް ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ މިފަދަ ކޮންވެންޝަންތައް ބޭއްވުމަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮންވެންޝަން ނިންމާލުމުގެ ރަސްމިއްޔާތުގައި ކޮންވެންޝަންގައި ބައިވެރި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ދީފައެވެ. އަދި ކޮންވެންޝަންގައި ވާހަކަ ދެއްކި ފަރާތްތަކަށް ހަނދަނީ ލިޔުންވެސް ދީފައިވެއެވެ. އޭގެއިތުރުން ގުރުއަތުލައިގެން ހޮވުނު 10 ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. 

މި ކޮންވެންޝަންގައި އައިލެންޑާސް ގްރޫޕްގެ ފަރާތުން ބައިވެރިވި އެ ކުންފުނީގެ ސީނިއާ މެނޭޖަރު ފާތިމަތު ސަލްވާ ވިދާޅުވީ، މި ކޮންވެންޝަންގެ ސަބަބުން އަގުހުރި މައުލޫމާތުތަކެއް ލިބިގެން ދިޔަ ކަމަށެވެ. 

''އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، މިކޮންވެންޝަންގައި ވަރަށް ބައިވަރު ރާއްޖެއިން ބޭރުގެ ސްޕީކާސް އިން ބައިވެރިވި. ދިވެހިންގެ ތެރެއިންވެސް ވަރަށް ގާބިލް މީހުންގެ ސްޕީޗް ފެނިގެން ދިޔަ.'' ލަހުފާ ވިދާޅުވި އެވެ. 

ކޮންވެންޝަންގެ ބައިވެރިޔަކު ރާއްޖެ ޓީވީ އަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

އެމްޕީއެލްގެ ފަރާތުން މި ކޮންވެންޝަންގައި ހަރަކާތްތެރިވި ފަރާތަކުން ބުނީ، މިފަދަ ކޮންވެންޝަނެއްގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒިފުން އެކުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްވެފައިވާކަމަށް އެ ފަރާތްތަކުން ބުންޏެވެ. 

މި ރަސްމިއްޔާތުގައި އެމް.އޭ.އެޗް.އާރް.ޕީއަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އެ ޖަމިއްޔާގެ މެމްބަރުންގެ އަގު ވަނީ ވަޒަންކޮށްފައެވެ.

އެމް.އޭ.އެޗް.އާރް.ޕީން އިންތިޒާމް ކޮށްގެން ބޭއްވި ކޮންވެންޝަން ނިންމާލިއިރު، މީގެ ދެވަނަ ކޮންވެންޝަންއެއް 2020 އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިޒޯސަސްގެ ނަމުގައި 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެންޖީއޯއެއްގެ ގޮތުގައި ރަޖީސްޓްރީ ކޮށްފައިވާ ޖަމްއިއްޔާއަކީ، ޕްރޮފެޝަނަލް ކޮށް އެޗްއާރްގެ ދާއިރާއިން ރާއްޖޭގައި ހިންގާ ހަމައެކަނި ޖަމްއިއްޔާއެވެ. އެ ޖަމްއިއްޔާގެ މައިގަނޑު ބޭނުމަކީ، ހިއުމަން ރިސަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަށް ކުރިއަރުވައި އެ ފަރާތްތަކަށް އެޗްއާރްގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް