23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އައިޓީބީ ފެއަރ

އަމާޒަކީ ޖަރުމަންވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުން: ތޮއްޔިބު

  • ފެއަރ ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުން 10 ވަނަ ދުވަހަށް
ސިމާހާ ނަސީމް | sim_kamana

| 5 މާރޗް 2019 | އަންގާރަ 01:27 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ތެރެއިން -- އައިޓީބީ

އައިޓީބީ ފެއަރގައި ބައިވެރިވުމުގެ އެއް އަމާޒަކީ ޖަރުމަންވިލާތުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮޕޯރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ތޮއްޔިބު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިދިޔަ އަހަރު ޖަރުމަންވިލާތުން ރާއްޖެ 117,532 (އެއް ލައްކަ ސަތާރަ ހާސް ފައްސަތޭކަ ތިރީސް ދެ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި މި އަހަރު އެ އަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި މިކަހަލަ ފެއަރއެއްގައި ރާއްޖެ ބައިވެރިވުމުން ރާއްޖެ އިތުރަށް އިޝްތިހާރުވެ، ރާއްޖެއާ ބެހޭ ގިނަ މައުލޫމާތު ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޓީބީ ފެއަރ ކުރިއަށްދާނީ މި މަހުގެ 6 އިން 10 ގެ ނިޔަލަށް ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައެވެ. މި ފެއަރގައި ރާއްޖޭގެ 105 ކުންފުންޏެއް ވަނީ ބައިވެރިވެފައެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑްގައި ސަޤާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން ލިޔެލާ ޖެހުމާއި ބޮޑުމަހުގެ ކުޅިވަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އައިޓީބީ ފެއަރއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރއެވެ. މިއީ ރާއްޖޭގެ ފަރާތުން އައިޓީބީގައި ބައިވެރިވާ 35 ވަނަ އަހަރެވެ. ބާލިން ފެއާއަކީ ޓުއަރިޒަމް ދާއިރާގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ފެއާއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް