20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އުރީދޫ މޯލްޑިވްސް

އުރީދޫއިން ރާއްޖޭގައި ގެލެކްސީ އެސް10 ތައާރަފްކޮށް، ޕްރީ-އޯޑަރ ހުޅުވާލައިފި

  • މިއަދުން ފެށިގެން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ޕްރީ އޯޑަރ ކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 4 މާރޗް 2019 | ހޯމަ 17:12 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ސެމްސަންގ 10 ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- އުރީދޫ

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގުގެ ފަހުގެ ގެލެކްސީ އެސް 10 ސީރީޒް ރާއްޖޭގައި ތައާރަފްކޮށް، ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.

އާދިއްތަ ދުވަހު ހަވީރު އުރީދޫ މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، އުރީދޫއިން ވަނީ ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ނަގަން ހުޅުވާލާއި ފޯނު ވިއްކުމަށް ވަރަށް ޙާއްސަ ޕްލޭންތަކެއް އިއުލާނު ކޮށްފައެވެ.

އަދި ޕްރީއޯޑަރ ކުރާ ކޮންމެ ފޯނަކާއި އެކު، އުރީދޫގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ސެމްސަންގް އެސް 10 ސީރީޒް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި، ސެމްސަންގް އިންޑިއާ އިލެކްޓްރޯނިކްސްގެ ވެރިންނާއި އުރީދޫ މޯލްޑިވްސް އިން ސީއީއޯ ނަޖީބް ޙާން، އަދި ޑައިރެކްޓަރ އޮފް ބްރޭންޑް އެންޑް ސޭލްސް، ހުސެން ނިޔާޒު ވަނީ ބައިވެރިވެފައެވެ.

ބައިނަލްއަޤްވާމީ ޓެކްނޮލޮޖީގެ ދާއިރާގެ ޝައުގުވެރިކަން ހޯދާފައިވާ މި ފޯނުތައް ގަތުމަށް، އުރީދޫ ކަސްޓަމަރުންނަށް ވަނީ ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފައެވެ.

ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނު ގަނެވޭނެ ކަމަށާއި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ. 

މަހުންމަހަށް ފައިސާދައްކާ ޕްލޭންގައި މަހަކު އެންމެ 942 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ބައްލަވައިގަނެވޭނެއިރު، 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް އުރީދޫ އިން ވަނީ މިއަދު ފަށާފައެވެ.

މި ޕްލޭން ޚާއްސަކުރެވިފައިވާ، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ ބޮޑު ޕޯސްޓްޕެއިޑް ޕެކޭޖެއް ޚިޔާރުކުރައްވާ ކަސްޓަމަރުންނަށް ކަމަށް އުރީދޫއިން ބުންޏެވެ. މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Thu

2 ހަފްތާކުރިން

Good

0
0