20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ދިރާގު ހިދުމަތްތައް

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ތަޢާރަފު ކުރަނީ

  • ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގ 10އެއް ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 4 މާރޗް 2019 | ހޯމަ 13:44 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 -- ގޫގުލް

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފު ކުރަން ހަމަޖައްސައިފިއެވެ.

އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ބްރިޖް ވިޔުއިން ޕްލެޓްފޯމުގައި މިރޭ 8:15 ގައި ކުރިއަށް ގެންދާ މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.

މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލުމުގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދިރާގުން މަސައްކަތްކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެ ގޮތް ހޯދައިދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯން ކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާ އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް