17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އިސްކޯ

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

  • އިސްކޯ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
  • އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފަ
ލީވާން އަލީ | MrLeevaan

| 20 ފެބުރުވަރީ 2017 | ހޯމަ 02:26 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ -- ގޫގުލް

ފުރަތަމަ އެގާރައިން ފުރުސަތު ލިބުން ދަށްވާނަ ރެއާލް މެޑްރިޑް ދޫކޮށްލާނެކަމުގެ އިޝާރާތެއް އެ ކްލަބުގެ މިޑްފިލްޑަރު އިސްކޯ ބުނެފި އެވެ.

ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އިސްކޯ ބުނީ އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި، އެހެންނަމަވެސް އަބަދުވެސް އޭނާ ކަންބޮޑުވަނީ ކުޅެން ލިބޭ ވަގުތު ކަމަށެވެ. އެގޮތުން ކުޅެން ލިބޭ ވަގުތަކީ ވަރަށް މުހިންމު އެއްޗެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކުޅުންތެރިޔެއްގެ ކެރިޔަރަކީ ވަރަށް ކުރު އެއްޗެއްކަން ފާހަގަކުރަމުން އިސްކޯ ބުނީ އޭނާ އަދިވެސް ވިސްނަނީ ރެއާލްގައި ވީ އެންމެ ދިގު މުއްދަތެއް ހޭދަކުރުން ކަމަށާއި، ކްލަބުގައި ހުރީވެސް ވަރަށް އުފަލުން ކަމަށެވެ.

އެހެންނަމަވެސް އެއްބަސްވުމާ ބެހޭގޮތުން އޭނާ ބުނީ އަދި ގޮތެއް ނުނިންމާ ކަމަށާއި، ގޮތެއް ނިންމާނީ ސީޒަންގެ ފަހުވަގުތުކަމަށެވެ. އިސްކޯ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެއެވެ.

ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވި ފަހުން އިސްކޯ އަށް ފުރަތަމަ 11 އިން ޖާގަ ލިބުން ވަނީ ދަތިވެފަ އެވެ. އެގޮތުން އެކަމާ އިސްކޯ ހިތްހަމަނުޖެހިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ވެލެންސިއާ އިން ކެރިޔަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.
އެގޮތުން އޭނާ ވަނީ އެ ކްލަބުގައި މިވީތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 164 މެޗުގައި 24 ލަނޑު ކާމިޔާބުކޮށް، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް، ޔުއެފާ ސުޕާ ލީގު ދެފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފަ އެވެ.
ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް