23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ޖަމާލް ޚާޝޮގްޖީ

ޚާޝޮގްޖީގެ މަރު: ހަށިގަނޑު ކޮންސަލް ޖެނެރަލްގެ ގެކޮޅުގައި؟!

  • މަރާލާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 3 މާރޗް 2019 | އާދީއްތަ 23:28 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޖަމާލް ޚާޝޮގްޖީ -- އީޕީއޭ

ވޮޝިންގޓަން ޕޯސްޓަށް ލިޔަމުން އައި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ޚާޝޮގްޖީ  ގޮސްފައި ވަނީ އޭނާގެ ތުރުކީގެ ލޯބިވެރިޔާ، ހަޓިސް ސެންޖިޒްއާ ކައިވެނި ކުރުމަށްޓަކައި ކުރީގެ ކައިވެނީގެ ލިޔުންތަކެއް ނެގުމަށް އޭނާއާ އެކުއެވެ. އޭނާގެ މަރު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު އަމުރު ކުރައްވައިގެން ކަމަށް ބުނާ ބުނުން ސައުދީ އިން ދޮގުކުރެއެވެ. ސައުދީއިން ބުނަނީ ޚާޝޮގްޖީ މަރާލީ ވަލީއަހުދު ނޫންކަމަށާ އޭނާ މަރާލަން އެންގީ ޑެޕިއުޓީ އިންޓަލިޖެންސް ޗީފް، ޖެނެރަލް އަހުމަދު އަލް އަސީރީ ކަމަށެވެ.

ޔަގީންވާ ކަމަކީ ޚާޝޮގްޖީ ވަނީ މަރާލާފައި ކަމެވެ. އެކަމަކު އޭނާ މަރާލުމަށް ފަހު ހަށިގަނޑަށް ވީ ކީއްކަމެއް ކަނޑައެޅިގެން ބުނަން އެކަކަށް ވެސް ނޭނގެއެވެ.

ޚާޝޮގްޖީގެ މަރުގެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަންފެށީ ތުރުކީ އިންނެވެ. އޭނާގެ މަރުގެ ތަހުގީގަށް ފަހު ތުރުކީން ބުނެފައި ވަނީ ޚާޝޮގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ބުރިބުރި ކޮށްލާފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އެއްވެސް ނިޝާނެއް ނެތް ގޮތަށް ނައްތާލުމަށް ބާރުގަދަ އެސިޑެއް ބޭނުންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމުގައި ސައުދީގެ ކޮންސަލް ޖެނެރަލްގެ ގެކޮޅު ބޭނުންކޮށްފައިވާ ކަމަށާއި ޚާޝޮގްޖީގެ ހަށިގަނޑު ވަނީ އެގެކޮޅުގައި ހުންނަ ބަގީޗާގައި ވަޅުލާފައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ ތަހުގީގުން ހާމަވެއެވެ.

ޚާޝޮގްޖީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާކަން ސައުދީއިން އެންމެ ފުރަތަމަ ދޮގު ކުރި ނަމަވެސް، އެގައުމުގެ ވާހަކަތައް ބަދަލުކޮށް، އޭނާ މަރާލާފައިވާކަމަށް ފަހުން ވަނީ އެއްބަސްވެފައެވެ.

ސައުދީއިން ބުނެފައިވަނީ ޚާޝޮގްޖީ މަރުވެފައިވަނީ އެގައުމުގެ ކޮންސިއުލޭޓްތެރޭގައި ހިނގައިދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އޭނާއަށްވީ ގޮތެއް އަދި ހަށިގަނޑަށްވީ ކީއްކަމެއް ހާމައެއް ނުކުރެއެވެ. 

ޚާޝޮގްޖީގެ މަރުގެ މައްސަލައިގައި އދ.ގެ ޓީމެއް ތުރުކީއަށް ގޮސް ތަހުގީގު ކުރުމަށް މަސައްކަތް ކުރި ކަމުގައި ވިއަސް މި ތަހުގީގުގައި ސައުދީން އެކަށީގެންވާ އެއްބާރުލުމެއް އދ.އަށް ދީފައެއް ނުވެއެވެ. އޭގެތެރޭގައި ތުރުކީގައި ހުންނަ ސައުދީގެ އިމާރާތަށް ވަނުމަށް ހުއްދަ ނުދިނުމާއި ޚާޝޮގްޖީގެ މަރާއި ގުޅޭގޮތުން  އިންޓަވިއު ދިނުމަށް  ސައުދީ އިން ވަނީ ދެކޮޅު ހަދާފައެވެ. 

ނޫސްވެރިޔާގެ މަރާއި ގުޅޭގޮތުން އަލްޖަޒީރާއިން އާދީއްތަ ދުވަހުގެރޭ އާންމުކުރި ޑޮކިއުމެންޓްރީގައިވާ ގޮތުން ޚާޝޮގްޖީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލުމަށް ފަހު އޭނާގެ ހަށިގަނޑުގެ ބައިތައް އަންދާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ  ޖެނެރަލްގެ ގެކޮޅުގައެވެ. އަދި  އަންދާލިކަމުގެ ހެކި ނައްތާލުމަށް  އެ އަވަނުގައި ކާ އެއްޗެހިތަކެއް ފިހެފައިވާ ކަމަށް އެނގިފައިވާ ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެފައި ވެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް