23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތް

ރާއްޖެ ޓީވީން ހުޅުވާލި އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

  • މުއްދަތު އިތުރު ކޮށްފައިވަނީ މާރޗް މަހުގެ 10 އަކަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 މާރޗް 2019 | އާދީއްތަ 20:10 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިންޓަރ ރިސޯޓް ޓެލެ ޑްރާމާ މުބާރާތް -- ރާއްޖެއެމްވީ

ރާއްޖެ ޓީވީން ހުޅުވާލި އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތް 2019 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ފެބްރުއަރީމަހުގެ ނިޔަލަށް ކުރިން ހުޅުވާލި ނަމަވެސް ގިނަ ރިސޯޓްތަކުން އެދެމުންދާތީ މިމަހުގެ ދިހައަކާއި ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުނިފޫހި ފިލުވުމުގެ ފަންނުވެރި މުވައްޒަފުންނަށް އެ މީހުންގެ ހުނަރު ދައްކާލައި، ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ރާއްޖެޓީވީ އިން އުފައްދާ ޓެލެޑްރާމާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި އޮޕަރޭޓްކޮށް ހިންގާ ރިސޯޓުތަކަށް ކަމަށް ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމު ވިދާޅުވިއެވެ. އެގޮތުން މުބާރާތުގައި ޑްރާމާ ބައިވެރި ކުރެވޭނީ ރިސޯޓެއްގެ ނަމުގައި ކަމަށާއި މި މުބާރާތަށް ހުށަހަޅާ ޑްރާމާގެ ދިގުމިނަކީ ކުރުވެގެން 40 މިނެޓު އަދި ދިގުވެގެން 45 މިނެޓެވެ.

މުބާރާތައް ހުށަހަޅާ ޑްރާމާގައި ކެމެރާ ކުރިމަތީގައި ހަރަކާތްތެރި ވާންވާނީ ރިސޯޓުގެ މުވައްޒަފުން ކަމަށްވާއިރު، މި މުބާރާތައް ހުށަހަޅާ ޑްރާމާ އުފައްދާ ރިސޯޓަކުން ބޭނުންވެއްޖެ ނަމަ ބައެއް މަސައްކަތްތަކަށް ރިސޯޓުގެ މުވައްޒަފުން ނޫން ފަރާތްތައް ވެސް ހަޔަރ ކުރެވިދާނެއެވެ.

(ހ) ޑްރާމާގެ ސްކްރީން ޕްލޭ ލިޔުމަށް

(ށ) ޑްރާމާ ޑައިރެކްޓު ކުރުމަށް

(ނ) ޑްރާމާ އެޑިޓް ކުރުމަށް

(ރ) ޑްރާމާ ކެމެރާ ކުރުމަށް

(ބ) ޑްރާމާގެ ބެކް މިއުޒިކް ހެދުމަށް

(ޅ) ޑްރާމާގައި ލަވައެއް ހިމަނޭ ނަމަ އެލަވައެއްގެ މަސައްކަތަށް

މުބާރާތުގައި ބައިވެރިކުރާ ޑްރާމާ މޭ މަހުގެ 01 ވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެޓީވީ އަށް ހުށަހަޅަންޖެހެއެވެ.

މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ޖަޖު ކުރާނީ މި ކަމަށް ކަނޑައަޅާ ތިން ޖަޖުންގެ ޕެނަލަކުންނެވެ.

މުބާރާތުގެ ވަނަތަކަށް އިނާމުދިނުން އޮންނާނީ މުބާރާތުގައި ބައިވެރި ކުރާ ހުރިހާ ޑްރާމާތަކެއް ރާއްޖެޓީވީ އިން ދެއްކުމަށް ފަހު އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތަށް ހުށަހަޅާ އެއްވެސް ޑްރާމާއެއްގައި ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމްދީނާ ރާއްޖޭގެ ސަގާފަތާ ބީރައްޓެހި އެއްވެސް މަންޒަރެއް، އަޑެއް ހިމަނައިގެން ނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަޤާމު ތަކަކަކީ:

(ހ) ބެސްޓް އެކްޓަރ

(ށ) ބެސްޓް އެކްޓްރެސް

(ނ) ބެސްޓް ސަޕޯޓިންގ އެކްޓަރ

(ރ) ބެސްޓް ސަޕޯޓިންގ އެކްޓްރެސް

(ބ) ބެސްޓް ކޮމީޑިއަން

(ޅ) ބެސްޓް އެކްޓަރ / އެކްޓްރެސް އިން އަ ނެގަޓިވް ރޯލް

(ކ) ބެސްޓް ބެކްސްކޯރ

(އ) ބެސްޓް އެޑިޓަރ

(ވ) ބެސްޓް ސިނެމެޓޮގްރަފަރ

(މ) ބެސްޓް ސްކްރީން ޕްލޭ

(ފ) ބެސްޓް ޑައިރެކްޓަރ

(ދ) ބެސްޓް ޑްރާމާ

(ތ) މޮސްޓް ޕޮޕިއުލަރ ޑްރާމާ

އާމިރު ވިދާޅުވީ މި މަގާމުތަކުގެ ތެރެއިން މޯސްޓް ޕޮޕިއުލަރ ޑްރާމާ ނޫން ހުރިހައި މަގާމެއް ހޮވޭނީ ޖަޖުންގެ މާކްސުން ކަމަށާއި ޕޮޕިއުލަރ ޑްރާމާ ހޮވާނީ ބެލުންތެރިންގެ އެސް.އެމް.އެސް އަދި ފޭސްބުކް ވިއުސް އިން އެކަނި ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް