19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

މޯހަން ބަގާން

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

  • މޯހަން ބަގާން ޕްލޭއޮފުން ޖާގަ ހޯދީ ކޮލޮމްބޯ އެފްސީ ބަލިކޮށްފަ
ލީވާން އަލީ | MrLeevaan

| 20 ފެބުރުވަރީ 2017 | ހޯމަ 02:09 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


މޯހަން ބަގާން ކޯޗު (ކ) -- ގޯލް.ކޮމް

އިންޑިއާގެ މޯހަން ބަގާންގެ ހެޑް ކޯޗު ސަންޖޯއި ސެންގެ އިތުރުން ބައެއް ކުޅުންތެރިން އޭއެފްސީ ކަޕްގެ ޕްލޭއޮފް އަށް ރާއްޖެ ނާންނަކަމަށް ގޯލްޑޮޓްކޮމް އިން ބުނެފި އެވެ.

މޯހަން ބަގާން ޓީމު އާދީއްތަ ދުވަހު ރާއްޖެ އައިސްފައިވާއިރު، އެޓީމުގެ ކޯޗުގެ އިތުރުން ފަސްޓް ޓީމުގައި ހިމެނޭ ޑެބްޖިތް، ޕްރިތަމް، ޕްރޯނޭ، ސޮވިކް އަދި އެންމެ މުހިންމު ކުޅުންތެރިޔާ ޖޭޖޭ ޓީމާއެކު ދަތުރުނުކުރާ ކަމަށް ގޯލްޑޮޓްކޮމް އިން ވަނީ ބުނެފައެވެ. މި ފަސް ކުޅުންތެރިންގެ އިތުރުން ނޯޑް ވެސް ޓީމާއެކު ދަތުރުނުކުރެއެވެ.

މީގެއިތުރުން ގޯލްޓްކޮމް އިން ބުނީ ކޯޗު ޓީމާއެކު ދަތުރުނުކުރީ އާއިލީ ޒިންމާތަކެއް އަދާކުރަން ކަމަށާއި، ޓީމަށް ވެލެންސިއާ މެޗުގައި އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު ޝަކްރަބަތީ އެވެ.

މޯހަން ބަގާން ވަނީ ވެލެންސިއާ މެޗުގެ ކުރިން އިންޑިއަން ސުޕާ ލީގުގައި ޝިވަޖިއަންސްއާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ވެލެންސިއާ ވަނީ ޗެރިޓީ ޝިލްޑް މެޗުގައި މާޒިޔާ އަތުން 0-1 ގެ ނަތީޖާއިން ބަލިވެފައެވެ.

ވެލެންސިއާ ޕްލޭއޮފުން ޖާގަ ހޯދީ ބޫޓާންގެ ތިމްޕޫ އެފްސީ 0-3 ގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. މޯހަން ބަގާން ޕްލޭއޮފުން ޖާގަ ހޯދީ ކޮލޮމްބޯ އެފްސީއާ ވާދަކޮށް 3-4 ގެ އެގްރިގޭޓް ނަތީޖާއިން ބަލިކުރުމަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް