20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އިންޑިއާ - ޕާކިސްތާން

އިންޑިއާ-ޕާކިސްތާން ނުތަނަވަސްކަން: ޕާކިސްތާނުގެ އިތުރު އެއާޕޯޓްތައް ހުޅުވައިފި

  • ދެ ގައުމުގެ ގުޅުން މިފަހަރު ގޯސްވެފައިވަނީ ޕުލްވަމާގައި ދިން ހަމަލާއަށްފަހު
އަބުދުﷲ މުހައްމަދު | 8Abbo

| 3 މާރޗް 2019 | އާދީއްތަ 19:28 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ވައިގެ ދަތުރުފަތުރާ ބެހޭ ގޮތުން އެޅިފައި ހުރި ފިޔަވަޅުތައް ހޯމަ ދުވަހު އުވާލާނެ -- ރޮއިޓަރސް

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއެކު ޕާކިސްތާނުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން އެއްކޮށް ނިމުމަކަށް ނުގެނެސް އިތުރު ބައެއް އެއާޕޯޓްތަކުގެ އޮޕަރޭޝަން ފަށައިފިއެވެ.

ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާދީއްތަ ދުވަހު ބުނީ އިރުމަތީގެ ސިޓީއެއް ކަމަށްވާ ލާހޯރްގެ އައްލާމާ އިގްބާލް އިންޓަނޭޝަނަލް އެއަރޕޯޓް، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ހުޅުވާލާފައިވާކަމަށެވެ.

މި އެއާޕޯޓް ހުޅުވާލާފައިވަނީ ކަރާޗީ، ކުއެއްތާ، ޕެޝާވަރު އަދި ވެރި ރަށް އިސްލާމް އާބްދުގެ އެއާޕޯޓް ހުކުރު ދުވަހު ހުޅުވާލުމަށްފަހު އެވެ.

އިތުރު އެއާޕޯޓްތައް ކަމަށްވާ ގިލްގިތް ބަލްޓިސްތާން، ޕަންޖާބު ޕްރޮވިންސް އަދި ސިންދު ސަރަހައްދުގެ އެއާޕޯޓްތައްް އާދީއްތަ ދުވަސް ނިމިގެންދިޔަ އިރުވެސް އޮތީ ބަންދުކޮށްފައެވެ.

އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ ވައިގެ އުދުހުންތައް މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެންނާނީ ހޯމަ ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަަވަސްކަން އުފެދި ބައިނަލްއަޤްވާމީ އުދުހުންތަކާއި އެތެރޭގެ އުދުހުންތައް ހުއްޓާލައި ދަތުރުކުރާ މަގުތަކަށް ބަދަލު ގެނައީ ދެ ގަައުމުގެ މެދުގައި އަސްކަރީ ހަމަލާތަކެއް ފެށިދާނެކަމުގެ ބިރަށެވެ.

އެއްގައުމު އަނެއްގައުމެއްގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާ ދީފައިވާއިރު ޕާކިސްތާނުންވަނީ އިންޑިއާގެ ދެ މަތިންދާ ބޯޓެއް ވައްޓާލައި ޕައިލެޓަކު ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ސުލްހައިގެ އަތެއް ދިއްކޮށްލުމުގެ ރަމްޒެއްގެ ގޮތުން ޕައިލެޓްވަނީ މިނިވަންކޮށްފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާ އިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް