20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ

ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރަކަށް ރާއްޖެޓީވީ!

  • އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 4 އަދި 5 މާރޗުގައި
ރިޒުނާ ޒަރީރު | RiznaZareer

| 3 މާރޗް 2019 | އާދީއްތަ 15:02 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރަކަށް ރާއްޖެޓީވީއާ އެކު ސޮއިކުރުން -- ރާއްޖެއެމްވީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރ ކަމަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެޓީވީ އަދި އެމް.އޭ.އެޗް.އާރް.ޕީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި އެމް.އޭ.އެޗް.އާރް.ޕީގެ ފަރާތުން ސޮއި ކުރެއްވީ އެމް.އޭ.އެޗް.އާރް.ޕީގެ ޖެނެރަލް ސެކްރެޓަރީ އަލީ އާދަމްއެވެ. އަދި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަލީމްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމް.އޭ.އެޗް.އާރް.ޕީގެ ޖެނެރަލް ސެކްރެޓަރީ އަލީ އާދަމް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަންގެ އެކި އެކި މައުލޫމާތުތައް ރާއްޖެޓީވީ މެދުވެރިކޮށް ފޯރު ކޮށްދިނުމަށް އިތުރު ފުރުޞަތެއް ލިބުމަކީ ލިބޭ، ޚާއްސަ އުފަލެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވީ ވިޔަފާރީގެ ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ދާއިރާއެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް، ކުރިއެރުވުމަށްޓަކައި، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށް ވެސް މުހިންމު ކަމަށެވެ.

މިއެއްބަސްވުމާއި ގުޅިގެން އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް، ހުސެން އަފީފް ވިދާޅުވީ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީއެކު މަސައްކަތް ކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ރާއްޖެޓީވީއަކީ މިފަދަ މައުލޫމާތުތައް ހިއްސާކުރުމަށް އެންމެ މުހިއްމު އެއް ޗެނަލް ކަމަށް ވާތީއެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމް އަކީ "ފިއުޗަރ އޮފް އެޗް.އާރް އަދި ވާރކް" ކަމަށްވެފައި، މައިގަނޑު ހަތަރު ދާއިރާ އަކަށް ސަމާލުކަން ދޭނެއެވެ.

މިއީ، މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ، މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތަށް ހުންނަ ޝައުގުވެރިކަން، އެޗް.އާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް، އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރާއި މުސްތަޤްބަލުގެ މަސައްކަތްތަށް، މި ހަތަރު ދާއިރާ އެވެ.

އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ގައި، މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރު ހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތްތަކާއި، ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާ ކުރެވިގެންދާނެއެވެ

ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗު 2019 ގައި، ދަރުބާރުގޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް