16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ސޮނީ ހާޑްވެއަރ

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

  • ފިޝާގެ އުފެއްދުންތައް ލިބެން ހުންނާނީ ސޮނީހާރޑްވެއަރ ޕްރޮފެޝަނަލްއިން
ރިޒުނާ ޒަރީރު | RiznaZareer

| 20 ފެބުރުވަރީ 2017 | ހޯމަ 00:28 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ސެމިނަރ އޮން ފިކްސިންގ ސިސްޓަމް ބައްދަލުވުން -- ރާއްޖެއެމްވީ

ސެމިނަރ އޮން ފިކްސިންގ ސިސްޓަމްގެ ނަމުގައި މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

 

ސޮނީ ހާޑްވެއަރ އިން އިންތިޒާމްކޮށްގެން ބޭއްވި މިސެމިނަރ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ޖަރުމަނުވިލާތުގެ އުފެއްދުމެއް ކަމުއިވާ ފިޝާ ފިކްސިންއާއި ބެހޭ ޓެކްނިކަލް މައުލޫމާތު، ސިވިލް އިންޖިނިއަރުންނާ، އާކިޓެކްޓުންނަށް ހިއްސާކޮށްލުން ކަމަށް އެކުންފުނިން ބުންޏެވެ.

 

ޗަންޕާ ސެންޓްރަލް ހޮޓެލްގައި އެއްދުވަހުގެ މުއްދަތަށް ބޭއްވި މިސެމިނާގައި ރާއްޖޭގެ ބޮޑެތި ކޮންސްޓަރަކްޝަން ކުންފުނި ތަކުންނާއި، އާކިޓެކްޓުން އަދި އިންޖިނިއަރުން ބައިވެރިވި އެވެ.

 

މިސެމިނާގައި މައުލޫމާތު ދެއްވާފައިވަނީ ފިޝާ އެކަޑަމީގެ ޖަރުމަނުގެ ޓްރެއިނަރުންނެ އެވެ.

 

ފިޝާ ފިކްސިން ސިސްޓަމްތަކުގެ ތެރޭގައި ހިމެނޭ އާލާތްތަކަކީ އެންމެ އާދައި އެއްޗެހި ހަރުކުރުމުން ފެށިގެންގޮސް ބްރިޖް އަދި ޓަނަލްތަކުގައިވެސް ބޭނުންކުރާ އިތުބާރުހުރި ތަކެތި ކަމަށް ސޮނީ ހާޑްވެއަރއިން ބުންޏެވެ.

 

ފިޝާގެ މުކޮޅު އަދި އެންކަލް ބޯލްޓގެ އެންމެ ބޮޑު ތަފާތަކީ މިތަކެއްޗަކީ ޔޫރަޕިއަން ޓެކްނިކަލް އެޕްރޫވަލް ލިބިފައިވާ ތަކެތި ކަމަށްވުމާއެކު، ކޮންމެ އެންކަބޯލްޓަކަށް ނެގެނީ ކިހާވަރެއްގެ ލޯޑެއްކަމާ، އަދި އެހެނިހެން ބޭނުންތެރި ޓެކްނިކަލް މައުލޫމާތު ފަސޭހައިން އެގެން ހުންނަ ތަކެތި ކަމަށްވުން ކަމަށް ސޮނީ ހާޑްވެއަރއިން ބުންޏެވެ.

 

ފިޝާގެ ފުރީ ސޮފްޓެއަރގެ އެހީގައި އިންޖިނިއަރުން އަދި ކޮންޓްރެކްޓަރުން އަމިއްލައަށް ލޯޑް ކަލްކިޔުލޭޓްކޮށް، ބޭނުންވާ އެންކާގެ އަދަދު ބަލައިލެވޭނެ އެވެ.

 

ފިޝާގެ އުފެއްދުންތައް ލިބެން ހުންނާނީ ސޮނީހާރޑްވެއަރ ޕްރޮފެޝަނަލްއިންނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް