20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ބީއެމްއެލް

ކުދި ވިޔަފާރިތަކުގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތުގެ ފީތައް ބީއެމްއެލުން ކަނޑާލައިފި

  • މަހަކު އެއްފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ 1 މާރިޗު އިން ފެށިގެން ނުނަގާ
އާމިނަތު ނުޒުހާ | nuzu8121

| 3 މާރޗް 2019 | އާދީއްތަ 11:13 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ -- ބީއެމްއެލް

ކުދި ވިޔަފާރިތަކުގެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތުގެ ފީތައް ބީއެމްއެލް އިން ކަނޑާލައިފިއެވެ.

ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހުޅުވާލައި، އެ ޚިދުމަތް ލިބިގަތުމަށްޓަކައި މިހާރު ދައްކަންޖެހޭ ސެޓަޕް ފީ އާއި މަހަކު އެއް ފަހަރު ދައްކަން ޖެހޭ މެއިންޓެނަންސް ފީ މާޗް 1 އިން ފެށިގެން ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.  އަދި މީގެ އިތުރުން ސެކިއުރިޓީ ޑިޕޮސިޓެއް ބެހެއްޓުމަކާ ނުލައި މި ޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

"އީ-ކޮމަރސް ގެ ޚިދުމަތް ދިވެހިރާއްޖޭގަައި ވެސް ދަނީ ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުން. މިވަގުތު ބީއެމްއެލް ޕޭމަންޓްގޭޓްވޭގެ ޚިދުމަތް ހޯދާ 112 މަރޗަންޓުން އެބަތިބި. އަދި މިދިޔަ އަހަރު އަޅުގަނޑުމެންގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް 1.5 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ. ވަރަށް ގިނަ ކުދި ވިޔަފާރިތަކުންނާއި އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކުން އެދެމުން އައީ ވީހާ ވެސް ލުއިފަސޭހަކޮށް މި ޚިދުމަތް އެ ފަރާތްތަކަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް. ކަސްޓަމަރުން ދެއްވި ޚިޔާލާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުތައް މި ގެނައީ. އަޅުގަނޑުގެ އުއްމީދަކީ މި ބަދަލުގެ ސަބަބުން މި ޚިދުމަތް ހޯދާ ވިޔަފާރިތަކަށް ކުރިއެރުން ލިބި، އަދި އީ-ކޮމަރސްގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެން ދިޔުން،" މި ބަދަލާ ގުޅޭ ގޮތުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ޕޭމަންޓް ގޭޓްވޭގެ އިތުރުން ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ވެސް ހިމެނެއެވެ. ބޭންކުގެ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ބޭނުންކޮށްގެން މިދިޔަ އަހަރު 40 މިލިއަނަށް ވުރެ ގިނަ މުޢާމަލާތްކޮށްފައި ވެއެވެ. މިއީ މުޅި ބޭންކް މެދުވެރިކޮށް ހިންގޭ މުޢާމަލާތްތަކުގެ %90 އަށް ވުރެ ބޮޑު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް info[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް