20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

މޯލްޑިވްސް މާކެޓާސް ފޯރަމް

މޯލްޑިވްސް މާކެޓާސްގެ ދެވަނަ ފޯރަމް ނިންމާލައިފި

  • މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ 200 އަށްވުރެ ގިނަ ފަރާތްތަކުން ފޯރަމްގައި ބައިވެރިވި
ސިމާހާ ނަސީމް | sim_kamana

| 3 މާރޗް 2019 | އާދީއްތަ 00:51 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ފޯރަމްގައި ވާހަކަ ދައްކަވަނީ -- ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ

ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީ އިން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހު ބޭއްވި މާކެޓާސް ފޯރަމް ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

މިއީ އެ އެކަޑަމީގެ ފަރާތުން ބޭއްވި ދެވަނަ ފޯރަމެވެ.

މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ 200 އަށް ވުރެ ގިނަ ފަރާތްތަކާ އެކު ފެށި މި ފޯރަމް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ފޯރަމަކީ ދާއިރާތަކުން މީހުން ބިނާ ކުރުމަށް މުހިންމު ފޯރަމެއް ކަމަށާއި ޒަމާން ތަރައްޤީވަމުން އަންނަ ވަރަކަށް މާކެޓިންގްގައި ބޭނުންކުރާ އުކުޅުތައް ވެސް މިހާރު ތަފާތު ކަމަށެވެ.

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ކީ-ނޯޓް ސްޕީކަރުން ބައިވެރިވެ، ދާއިރާގެ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވާއިރު ޕެނަލްގައި ޖުމްލަ ފަސް ފަރާތަކުން ވަނީ ވާހަކަ ދައްކަވާފައެވެ. މިއަހަރުގެ ފޯރަމްގެ ތީމްއަކީ "ޑިޖިޓަލް މާކެޓިންގ" އެވެ.

މޯލްޑިވްސް މާކެޓާސް ފޯރަމަކީ މާކެޓިންގ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒު ކޮށްގެން ދާއިރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކޯޕަރޭޓް މޯލްޑިވްސްގެ ދަށުން ހިންގާ ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީން ކުރިއަށް ގެންދާ ފޯރަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް