19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޝައިހް ކަމާލް އިންޓަނޭޝަނަލް ކ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

  • މެޗު ފަށާނީ އެޓޭކިންކޮށް: ނިޒާމްބެ
  • މެޗުން އިއްބެ ފެނިދާނެ: ނިޒާމްބެ
ލީވާން އަލީ | MrLeevaan

| 19 ފެބުރުވަރީ 2017 | އާދީއްތަ 23:33 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


ޓީސީގެ ކޯޗު މުހައްމަދު ނިޒާމް -- އަވަސް

ޓީމު އޮތީ ވަރަށް އިތުބާރާ އެކުގައި ކަމަށާއި، ކިރިގިސްތާންގެ އެފްސީ އަލްގާ ބިޝްކެކްވެސް ބަލިކުރެވޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި އެފްސީ އަލްގާއާ ދެކޮޅަށް ޓީސީ ނިކުންނަ މެޗުގެ ކުރިން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ ޓީމު އޮތީ ވަރަށް އިތުބާރާ އެކުގައި ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ އެ މެޗ ކާމިޔާބުކޮށް ސެމީގެ އުންމީދު އާކުރަން ކަމަށެވެ.

ނިޒާމްބެ ބުނީ އެފްސީ އަލްގާއާ ދެކޮޅަށް ނިކުންނަނީ އެޓީމަކީ ވަރަށް ފަސޭހަޓީމެއްކަމަށް ދެކިގެން ނޫން ކަމަށާއި، އެޓީމުގައި ރަނގަޅު ފައިޓެއް ދެވޭނެވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެގޮތުން އެޓީމާ ދެކޮޅަށް ނިކުންނާނީ އެކަމަށް ސަމާލުވެގެންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މޮޅުވާން ވަރަށް މަސައްކަތްކުރާނަން. ފަސޭހަކުރާކަށް ނެތިން. މޮޅުވެވޭނީ ކުޅުންތެރިންގެ މަސައްކަތާއެކު. ކުޅުންތެރިންނަށް އިތުބާރު އެބައޮތް. ކުޅުން ތެރިން ތިބީ މޮޅުވާން ބޭނުންވެގެން. މޯޓިވޭޝަން - ނިޒާމްބެ ބުނިއެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ އަބާނީއާ ދެކޮޅަށް ކުޅުނު މެޗުވެސް ފެށިގެން ޓީސީން ކުޅެމުންދިޔައީ އެޓޭކިން ފުޓުބޯޅައެއް ކަމަށެވެ. އެހެންނަމަވެސް ލީޑު ލިބުމާއެކު ޑިފެންސިވް ގޭމަކަށް ބަދަލުކުރި ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް މެޗުގައިވެސް ފުރަތަމަ ފެނިގެންދާނީ އެޓޭކިންކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކުޅުންތެރިންގެ މަސައްކަތް ކޮންމެ މެޗެއްގައިވެސް މުހިންމުކަން ފާހަގަކުރަމުން ނިޒާމްބެ ބުނީ އަލްގާއެފްސީއާ ދެކޮޅަށް ކުޅޭ މެޗުވެސް ފެއްޓުމާއެކު ދެން މަސައްކަތްކުރަން ޖެހޭނީ ކުޅުންތެރިން ކަމަށާއި، އެގޮތުން ކުޅުންތެރިން ތިބީ އެ މޮޅު ކުޅުން ދައްކަން ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް އަދި ޓީސީގެ ސަޕޯޓަރުން ދެއްވާ ހިތްވަރަށް ސާބަސް ދެމުން ނިޒާމްބެ ބުނީ ޓީސީން އަބަދުވެސް ކުޅެމުންދާނީ ކުޅެމުންދާ ފެންވަރުގައި ކުޅެން ކަމަށާއި، ސަޕޯޓް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

ދިވެހި ފުޓުބޯޅ ޓީސީ މަސައްކަތްކުރާނީ ކުޅޭ ފެންވަރުގަ ކުޅެން. ވަރަށް އުފާވޭ ފުޓުބޯޅަ އާއިލާ އިން ދެއްވާ ސަޕޯޓު ހިތްވަރު. އެގޮތަށް މަސައްކަތްކުރާން. އިދިކޮޅު ޓީމު ދަށެއް ނޫން. ރަނގަޅު ފައިޓެއް ދެވޭނެ ކުޅުންތެރިން އެބަތިބި - ނިޒާމްބެ ބުނިއެވެ. 

މުބާރާތުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ލީގް ޗެމްޕިއަން އަބާނީ އެފްސީ އަތުން 0-1 ގެ ނަތީޖާއިން މޮޅުވިއިރު، އެފްސީ އަލްގާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ކޮރެއާ ކްލަބް އަތުން 0-2 ގެ ނަތީޖާއިން ބަލިވެފައެވެ.

ޝައިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގެ ޗެމްޕިއަން ޓީމަށް 20 ހާސް އެމެރިކާ ޑޮލަރު ދޭއިރު ރަނައަޕް ޓީމަށް 10 ހާސް ޑޮލަރު ދެއެވެ. އަދި ކޮންމެ މެޗަކުން މޮޅުވާ ޓީމަކަށް 1000 ޑޮލަރު ދޭއިރު ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދާ ކުޅުންތެރިއަކަށް 500 ޑޮލަރު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް