23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރިޕޯޓް

ރިޔާސީ ކޮމިޝަންގެ ބިލު: މުޅި ގައުމު އެއަށް ހުއްޓިފައި

  • މަޖިލީހުގައި އޮތީ ކޯލިޝަނުގެ މެޖޯރިޓީ
ހުޝާމް މުހަޢްމަދް | hirigaahusham

| 2 މާރޗް 2019 | ހޮނިހިރު 15:17 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައްޔިތުންގެ މަޖިލިސް -- ޓްވިޓަރ

މިއޮތީ އެތައް ޕާޓީއެއް އެކުވެގެން ގެނައި ވެރިކަމެކެވެ. މި ވެރިކަން ގެންނަން ޖެހުނީ ކުރިން އޮތް ވެރިކަން ނިމުމަކަށް ގެނެސްގެން ނޫނީ މި ރާއްޖޭގައި ހަމައާ އިންސާފު އޮވެދާނެ ކަމަށް ގަބޫލު ނުކުރެވިގެންނެވެ. އެ ދުވަހު ދުވާލެއް މެންދަމެއް ނެތި ގައުމުގައި ހިނގާދިޔަ ވައްކަމުގެ މައްސަލަތަކާ، ގޮތް ނޭނގޭ މަރުތަކުގެ ވާހަކަ ދިވެހިން ދައްކަމުން ދިޔައީ އެކަންކަން ފުރިހަމައަށް ބެލޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ތިބެއެވެ. 

ރަގަޅެވެ. ރައީސް ޔާމީނަށް ފަހު ޕާޓީތައް ގުޅިގެން އުފެއްދި ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެއް ކޮމިޝަނަކީ މަރާލާފައިވާ މީހުންނާ ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެވެ. އަނެއް ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތަކާ ސަރުކާރަށް ގެއްލުނު މުދަލާއި ފައިސާގެ މައްސަލަތައް ބަލާ ކޮމިޝަނެވެ. ދެ ކޮމިޝަނުން ކުރަން އޮތް މަސައްކަތަކީ ވެސް ރިޔާސީ އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ވަޑައިގެން ކުރައްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައިވާ ވާހަކަފުޅެކެވެ. 

މިއަދު ސަރުކާރުގެ މަގާމުތަކާ ސަރުކާރުގެ ބާރުތައް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ހަމަހަމައަށް ނުލިބުމުގެ ޝަކުވާގެ އަޑެއް ނެތެވެ. ކެނބިނެޓްގައި ތިއްބެވި ވަޒީރުންނަކީ ހުސް އެކަނި އެމްޑީޕީގެ މެމްބަރުންނެއް ނޫނެވެ. ފަސޭހަ ކަމަކަށް ނުވިޔަސް ރައީސް ޞާލިހް ކޯލިޝަނަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން އެބަ ގެންދަވައެވެ. މަގާމުތައް އެބަ ދެއްވައެވެ. 

ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް މަޖިލިސް ތެރެއިން މިހާރު ނުލިބި އޮތް އެއްބާރުލުމުގެ ވާހަކަ ދައްކަން ރައީސް ޞާލިހަށް ތަންކޮޅެއް އުނދަގޫފުޅުވެދާނެއެވެ. ސަބަބަކީ މުޅި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެތައް ބޭފުޅުންނެއް މަޖިލީހުގައި ތިއްބައިގެން ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ބޭނުންވާ ބިލް ފާސް ކުރުމަށް ތިން ދުވަހު ވޯޓަށް އެހޭނެ ގޮތް ނުވެ އެންމެ ފަހުން ކޮމިޓީއަށް އަނެއްކާ ވެސް ބިލު ފޮނުވާލައިފައި އޮތުމުންނެވެ. މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮވެ ކަން ހިނގާ ގޮތުންނެވެ.

ކަންކަން މިހެން ދިމާވާ ސަބަބަކަށް ފަހަރެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން 87 ގޮނޑިއަށް ވާދަކުރަން ނިންމުން މައްސަލައެއް ގޮތުގައި ކޯލިޝަނުގެ ބައެއް ޕާޓީތަކުން ނަގާފާނެއެވެ. އެހެން ނަމަވެސް އެހެން ފާޅުގައި އަދި ބުނެފައެއް ނެތެވެ. އެހެން ނަމަވެސް މިހާރު ވެސް 86 ގޮނޑިއަށް އެމްޑީޕީ އިން ވާދަކުރާއިރު އެމްޑީޕީގެ ރައީސްއަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ބަހުގެ ހަމަލާދެއްވައެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީ އިން ވެސް ގާސިމަށް ބަހުގެ ހަމަލާ ދެމުން ގެންދެއެވެ. މިއަށް އަޅުގަނޑުމެން ކިޔާނެ ނަމެއް ކިޔަސް އެންމެ ރަގަޅެވެ. އެކުވެރިކަމާ އެކު ތިބެ ހަމަލާ ދިނުން ކަމަށް ކިޔަސް އެންމެ ރަގަޅެވެ. 

އެމްޑީޕީ އަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު އޮންނަންޖެހޭ ކަމަށް އެއްބަސްވެގެން، އަދި ޖުމްހޫރީ ޕާޓީ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އޮންނަން ޖެހޭ ކަމަށް އެއްބަސްވެގެން މިދަނީ ވެރިކަމެއް މި ގައުމުގައި ކުރަމުންނެވެ. އަދި އެހެން ބައެއް ފަރާތްތަކަށް ސަރުކާރުގެ މަގާމުތަކާ، ބޯޑު މެމްބަރުކަން ވެސް ލިބޭނެ ގޮތަކަށް ސަރުކާރު މިދަނީ ހިނގަމުންނެވެ. 

ސަރުކާރު ބައިބަޔަށް ފޮތިކޮށް ކޮށާފައި ބެހިޔަސް، ކޮންމެހެން ފާސްކުރަން ދިވެހިން ބޭނުންވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ބެހޭ ބިލް އެޔޮތީ ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮވެ އާ ރައީސް ހުވާކުރެއްވި ފަހުން 100 ދުވަސް ހަމަވިޔަސް ފާސްނުކޮށެވެ. މިއީ ދޮގެއް ހެއްޔެވެ؟. މިވާހަކަތައް ދައްކާ މީހުން ގޯސް ނުކުރާށެވެ. މުޅިގައުމު އެޔޮތީ އެބިލަށް ބަލަހައްޓައިގެންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް