23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރިޕޯޓް

ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

 • ބްރިޖު ހެދުމުގެ ދިރާސާއަށް އެއް މިލިއަން ވަނީ ބަޖެޓްކޮށްފައި
 • ބްރިޖު އަޅާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި
 • ކޫއްޑޫއަކީ އެއާޕޯޓަކާއި ރިސޯޓަކާއި މަސް ކާރުހާނާއެއް ހިންގާ ރަށެއް
ޙުސައިން ޙަސަން | hucenhassan

| 2 މާރޗް 2019 | ހޮނިހިރު 10:18 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ވިލިނގިއްޔަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައީސް ސޯލިހަށް ހުށަހެޅުއްވި ބްރިޖު ކޮންސެޕްޓް ކުރެހުން -- ފޮޓޯ: ރާއްޖެ އެމްވީ

އެއާޕޯޓަކާ އެކު ރިސޯޓެއް ހިންގާ ރާއްޖޭގެ ފުރަތަމަ ރަށަކީ ގއ. ކޫއްޑޫއެވެ. އެ ރަށުގައި މިފްކޯގެ މަސް ކާރުހާނާއެއް ވެސް ހިންގަމުންދެއެވެ. ކޮންމެ ދުވަހަކު ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ސިނާއީ މަސައްކަތްތެރިން ވަޒީފާ އަދާ ކުރާ ކޫއްޑޫއަށް  ދަތިވެފައި ވަނީ ދަތުރުފަތުރެވެ. މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އާއިލާއަށް ކައިރިއަށް ދިއުމަށް ކުރަންޖެހޭ ދަތުރުވެފައި ވަނީ އިތުރު ބުރައަކަށެވެ. އެ ބުރަ އުފުލަން ނުޖެހި، އިތުރު ތުރާލެއް ނުޖެހި ޖެހިގެން އޮތް ވިލިނގިއްޔަށް ދެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޫއްޑޫ އާއި ވިލިނގިލި ގުޅާލެވިގެންދާނެ ކަމަށެވެ.

"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން ތިބޭފުޅުންނަށް ފެނިގެންދާނެ،" މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވައުދާ ގުޅޭ ގޮތުން ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވިލިނގިއްޔާއި ކުއްޑޫ ގުޅާލުމުން، އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ވިލިނގިލީގެ ވިޔަފާރިއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި 68 ވިލާ tތަރައްގީކޮށްފައިވާ ކޫއްޑޫ ރިސޯޓުން، ފަތުރުވެރިންނަށް ފަސޭހައިން ވިލިނގިއްޔަށް އާދެވި ސުވެނިއާ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެ ބްރިޖުގެ ސަބަބުން އަތޮޅުގެ އެހެން ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޫއްޑޫ އާއި ވިލިނގިލި ގުޅާލުމުން، ވިލިނގިލީގެ މަސްވެރިންނާއި ކޫއްޑޫގެ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކޫއްޑޫގައި އެއާޕޯޓް އޮންނަ އޮތުމުގެ ސަބަބުން، އެ ރަށުގައި ހަދާފައިވާ ރިސޯޓުން ފަތުރުވެރިން ވިލިނގިއްޔަށް އައިސް، ސުވެނިއާ ވިޔަފާރި ކުރިއަރައިގެންދާނެ،" އާބާދީގައި 4،000 މީހުން ދިރިއުޅޭ ވިލިނގިލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގއ. ވިލިނގިލީ ކައުންސިލް ރައީސް މުސްތަފާ: ބްރިޖުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަ ވާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ ރާއްޖެއެމްވީ

ކޫއްޑޫ-ވިލިނގިލި ބްރިޖަކީ ކަނޑުހުރަސްކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އަޅާ ފުރަތަމަ ބްރިޖެވެ. ހުވަދު އަތޮޅު އުތުރުބުރީގެ ވެރިކަން ކުރާ ރަށް، ވިލިނގިލިއްޔާއި ހުވަދޫގެ އެންމެ މުހިއްމު ރަށް، ކޫއްޑޫއާ ގުޅާލުމުން ވިލިނގިލީ ރައްޔިތުން ތިބީ އެކަމާ ވަރަށް އުފާވެފައެވެ.

"ޚަބަރު ލިބުނު ހިސާބުން ފެށިގެން އަހަރުމެން މި ތިބީ ވަރަށް އުފަލުން. އަޅުގަނޑުމެއުންމީދު ކުރަނީ ރައީސް ސޯލިހުގެ ސަރުކާރުން އެ ވައުދު ފުއްދައި، އެކަމުގެ ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް،" އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ކޫއްޑޫ-ވިލިނގިލި ބްރިޖުގެ ފުރަތަމަ މަރުހަލާ މަރުހަލާ ފެށުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ބެރިޖު އެޅުމަށްޓަކާ ދިރާސާ ހެދުމަށް މިއަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރައީސް ސޯލިހު ކެމްޕެއިން ތެރޭގައި ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ބްރިޖުގެ ކޮންސެޕްޓް ކުރެހުމެއް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ އެމަނިކުފާނަށް ހުށަހަޅުއްވާފައެވެ. އަދި އެ ކޮންސެޕްޓް ޕެޕާ ޕްލޭނިން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ކުރެހުމުގައިވާ ގޮތުން ބްރިޖު ގުޅާލަނީ ކުއްޑޫ އުތުރު ފަރާތުން ވިލިނގިލީ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށްވާ މަގަށެވެ.

ވިލިނގިލީ ރައްޔިތުން އުންމީދުކޮށްގެން ތިބީ ބްރިޖުގެ ސާވޭ މަސައްކަތް ނިމި، އެ މަސައްކަތް ފަށައިގަންނާނެ ދުވަހެއްގެ އުންމީދުގައެވެ. ޒަމާންތަކެއް ވަންދެން ވިލިނގިލީ ރައްޔިތުން ކުރަމުންދާ އެ ހުވަފެނުގައި ރައީސް ސޯލިހު ކުލަޖައްސަވާނެ ދުވަހަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން

3 ހަފްތާކުރިން

ބުރިޖްގެ ވިސްނުމަކީ ރައީސްނަޝީދު ގެ ވައުދެއް، އިބޫ ރާއްޖޭގެ ރަށްރަށް ކުރި ދަތުރުގެ ކުރިން ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ނަޝީދު ގެ ވައުދު ފުއްދުމަށް ވައުދުގެ ހިމެނުމެވެ.

2
1