20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ހޮލީވުޑް

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

  • މޭގަން އާއި ޕްރިންސް ހެރީގެ ވެޑިންގައި ޕްރިޔަންކާ ވަނީ ބައިވެރި ވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 މާރޗް 2019 | ހުކުރު 22:35 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ޕްރިޔަންކާ އާއި މޭގަން މާކަލް -- ހިންދުސްތާނީ ޓައިމްސް

ޕްރިޔަންކާ ޗޯޕްޅާ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޑަޗަސް އޮފް ސުސެކްސް މޭގަން މާކަލް ދެކެ ރުޅިއަތުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޭގަން ދެކެ ޕްރިޔަންކާ ރުޅިއައިސް ވަނީ އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި މޭގަން ބައިވެރި ނުވުމުންނެވެ.

މޭގަންގެ ބޭބީ ޝަވަރގައި ޕްރިޔަންކާ ބައިވެރިވެފައި ނުވަނީ ވެސް އެހެންވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި މޭގަން އާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ވަނީ ބައިވެރި ވެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޭބީ ޝަވަރ އަށް ނުދެވުނީ ޕްރިޔަންކާ ލިޔާ ފޮތަކާ ގުޅޭ ގޮތުން ބައްދަލުވުންތަކަށް ދާން ޖެހޭތީ އެވެ. ނަމަވެސް އަސްލު ސަބަބަކީ ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި މޭގަން ބައިވެރި ނުވުން ކަމަށް ގާތް މަސްދަރަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޔޫއެސް ވީކްލީއަށް މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ޕްރިޔަންކާގެ ކައިވެނީގެ ހަފްލާގައި މޭގަން އަށް ބައިވެރި ނުވެނުނީ އެކަމަނާ އާލާސްކަންފުޅާ އިންނެވުމުން ކަމަށެވެ.

"އެ ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ހީނަރުވެފައި. މޭގަން ޕްރިޔަންކާގެ ކައިރިން މަޢާފަށް އެދެން ދެން،" މަސްދަރަކުން ވަނީ ބުނެފައެވެ.

"ޕްރިޔަންކާއަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯކުރާ ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނޭ ފަންނާނެއް.. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭގަންއަށް ވުރެން ޕްރިޔަންކާގެ މަޝްހޫރުކަން ބޮޑު. ޕްރިޔަންކާއަށް އިހުސާސް ކުރެވެނީ މޭގަން އޭނާއަށް އިހުތިރާމް ނުކުރާ ކަމަށް. އަދި އެ ދެ މީހުންގެ ރަހުމަތްތެރި ކަމަށް ވެސް އެއްވެސް ގަދަރެއް ނުކުރާ ކަމަށް،" މަސްދަރަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް