23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ވ. އަތޮޅު

މި ރައްޔިތުންނަށް އެހެން ގޮތެއް ނެތީތަ؟

  • މި ރަށުގައި ތިން ސަތޭކައެއްހާ މީހުން ދިރިއުޅުނު
  • މިހާރު ރަށުތެރެއިން ޒުވާން ފުރައިގެން ބަޔަކަށް އުޅެނީ ރަށުގެ މަދު ވަޒީފާތަކުގައި އުޅޭ ޒުވާނުންކޮޅެއް
ސިމާހާ ނަސީމް | sim_kamana

| 1 މާރޗް 2019 | ހުކުރު 21:21 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ވ. ރަކީދޫ -- ރާއްޖެއެމްވީ

މިއީ ވ. އަތޮޅު ރަކީދޫ އެވެ. މީހުން ދިރިއުޅޭ ގޯއްޗަށް ވުރެ ގިނައީ ފަޅު ގޯއްޗެވެ. އާބާދީ މަދުވަމުން ގޮސް ސްކޫލެއް ވެސް ނެތެވެ. ސިއްހީ މަރުކަޒެއް  ހުރީ ނަމެއްގަ އެވެ. ތަރައްގީގެ ދިރުމެއް ނެތެވެ. އިހްސާސް ކުރެވެނީ ފަޅުކަމެވެ.

 

މި ރަށުގައި ތިން ސަތޭކައެއްހާ މީހުން ދިރިއުޅުނެވެ. ނަމަވެސް ރަށުގައި މިހާރު ބައެއް ފަހަރު ހުކުރު ހަމަވަނީ ބިދޭސީންނާއެކު އެވެ. އާބާދީ މަދުވަމުން ގޮސް، 2007 ވަނަ އަހަރުން ފެށިގެން ރަށުގެ ސްކޫލް ހުރީ ބަންދުކޮށްފަ އެވެ. އެކަން ވެގެން ދިޔައީ ލިބުނު އިތުރު ގެއްލުމެކެވެ.

"މިހާރު މި ކުއްޖާ ގޮވައިގެން މި ހުރީ ދާންޖެހިފައި. އަޅުގަނޑުގެ އެހެން ކުދިން އެ މީހުންގެ ދަރިން ގޮވައިގެން އުޅެނީ އެހެން ރަށްރަށުގައި. މިއީ ވެސް މާމަ ދަރިއެއް. މި ކުއްޖާ މި ބަލަނީ އަހަރެން، އަންނަ އަހަރު މި ކުއްޖާ ސްކޫލަށް ވަންދަން އެހެން ރަށަކަށް ބަދަލުވާންޖެހޭނެ،" އުނގުގައި އިން ކުއްޖާއަށް އިޝާރަތްކޮށް، ޝިޔާމާ ހުސައިން ބުނެލި އެވެ.

މި ރަށުގައި ކުރިން ގްރޭޑް ހަތަކަށް ކިޔަވައި ދެމުން ދިޔަސް، އާބާދީ މަދުވުމުގެ ސަބަބުން، ކިޔަވާ ކުދިންގެ ތެރެއިން ގިނަ ކުދިން ކެޔޮދޫ އަށް ބަދަލުކުރި އެވެ. އެހެން ކުދިން މާލެ އާއި އެހެން ބައެއް ރަށްރަށަށެވެ.

 

ހާރު ރަށުތެރެއިން ޒުވާން ފުރައިގެން ބަޔަކަށް އުޅެނީ ރަށުގެ މަދު ވަޒީފާތަކުގައި އުޅޭ ޒުވާނުންކޮޅެވެ. ސްކޫލަށް ވަދެވޭ އުމުރު ފުރާގެ ކުއްޖަކު ނެތެވެ. ސްކޫލަށް ވައްދަންޖެހޭ އުމުރަށް ދާއިރު، އެ ކުއްޖަކު މާލެ އަށް ނުވަތަ އެހެން ރަށަކަށް ބަދަލުވުމަށް މަޖުބޫރުވެ އެވެ. އަމިއްލަ ވަޒަނުގައި އުއްމީދެއް، ދިރުމެއް ނެތުމުން ރަކީދޫ ރައްޔިތުންނަށް ތަހައްމަލުކުރަން ޖެހިފައިވަނީ މާޔޫސްކަމެވެ.  

އާބާދީ މަދުވުމުގެ ސަބަބުން ސިއްހީ ހިދުމަތް ވެސް ވަނީ ބަލިދާނުގަ އެވެ. ރަނގަޅު ފަރުވާއެއް ނުލިބެ އެވެ. ބޭހެއް ނުލިބެ އެވެ. މީހަކު ބަލިވި ނަމަވެސް، އެހެން ރަށަކަށް ގެންދިއުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ރަށުގައި އޮތީ އެންމެ މަސް ދޯންޏަކާއި ކުޑަ ތިން ޑިންގީ އެވެ. ރަށުގައި ފެނުގެ ނިޒާމެއް ނެތެވެ. ނަރުދަމާގެ ނިޒާމު ވަނީ ހަލާކުވެފަ އެވެ.

އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ނެތެވެ. ބައެއް މީހުން ޑިންގީގައި ބާނާ މަސްކޮޅު ވެސް ވިއްކާނުލެވި، ފްރިޖްތައް ހުރީ ފުރިފަ އެވެ.

އާބާދީ މަދުވެ ފަޅުވަމުން ދިޔަސް، މި ރަށުގެ ރައްޔިތުންނަށް ދިރުން ގެނެވިދާނެ އެތައް ކަމެއް އެބަ ހުއްޓެވެ. އަތޮޅުގެ ހުރިހާ ރަށެއް އެއްފަސް ކުރުން ދިގު ދެމިގެން ދިޔަސް، މިހާރުން މިހާރަށް ވެސް ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެއް ކަމަކީ ކުޑަކުދިންގެ ހިޔާތަކުގައި ތިބި ބައެއް ކުދިން އެރަށަށް ބަދަލުކޮށް، ކިޔަވައި ދިނުމާއި މަސައްކަތް ދަސްކޮށް ދިނުމެވެ. ފަޅު ގޯތިތައް ބޯޑިން ގެތަކަކަށް ހެދިދާނެ އެވެ.

 

މީހުން ދިރިއުޅުނަސް، ރަކީދޫން އިހްސާސްކުރެވެނީ ފަޅު ރަށެއްގެ އިހްސާސްއެވެ. ވެހިކަލެއް ނެތުމުން، ރަށުގެ ހިމޭންކަން ފަޅުފިލުވައި ދެނީ، ކާޅާއި ކޮވެއްޔާއި ދޫނި ސޫވިއްޕެވެ. ރަށުގެ ތުނޑި އާއި ފަޅާއި ފަރުގެ ހިތްގައިމުކަމުގެ ސަބަބުން، މިއީ ހަމައެކަނި މިގޮތަށް ދޫކޮށްލާފައި ބޭއްވުމަށް ވުރެ ބޮޑަށް، އޮފީސްތަކުގެ ދަތުރާއި، އާއިލީ ދަތުރުތަކަށް ވެސް ފައްކާ ރަށެކެވެ. އެކަން ތައާރަފު ކުރެވިއްޖެ ނަމަ، ރަށުގައި ދިރިއުޅެމުންދާ މަދު އާބާދީ އަށް ވެސް ހިތްހަމަ ޖެހުމާއި ދިރުން ލިބޭނެ އެވެ. އަދި ޓޫރިޒަމަށް ވެސް މިއީ ފައްކާ ރަށެކެވެ. މިވަގުތު އެންމެ ގެސްޓް ހައުސްއެއް ހުރި ނަމަވެސް، ސަރަހައްދުގެ ފަޅާއި ފަރުގެ ރީތިކަން ދައްކުވައި ދެވިއްޖެ ނަމަ، ޓޫރިސްޓުންގެ ޝައުގުވެރިކަން ވެސް އިތުރުވާނެ އެވެ.

މި ރަށަށް ފުރުސަތުތައް އެބަ ހުއްޓެވެ. ބޭނުންވަނީ ސިޔާސަތުތައް ތަންފީޒުކުރުމެވެ. ފަޅުކަމާއި ނާއުއްމީދުން ރަކީދޫ މިންޖު ކުރެވިދާނެ ކިތަންމެ ކަމެއް އެބަ ހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް