23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ވ އަތޮޅު

ވ އަތޮޅުގެ ގިނަ ރައްޔިތުންގެ އުންމީދަކީ އެއްފަސްވުން

  • އެއްފަސްކުރުމުގެ ވާހަކަ ކޮންމެ ސަރުކާރަކުން ވެސް ދައްކާ، އެކަމަކު ހަގީގަތަކަށް އަދި ނުވޭ
ސިމާހާ ނަސީމް | sim_kamana

| 1 މާރޗް 2019 | ހުކުރު 21:17 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ވ. އަތޮޅުގެ ޗާޓު -- އާކައިވް

ވ. އަތޮޅު އެކުލެވިގެންވަނީ މީހުން ދިރިއުޅޭ ފަސް ރަށުގެ މައްޗަށެވެ. އެއީ ވ. ފުލިދޭ، ފެލިދޫ، ރަކީދޫ އަދި ކެޔޮދޫގެ އިތުރުން ތިނަދޫއެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ރަށްތަކުގެ ޖުމްލަ އާބާދީ އަކީ 1601 އެކެވެ. އާބާދީ ކުޑަވުމުގެ ސަބަބުންނާއި އެންމެ އަސާސީ ހިދުމަތްތައް ފުރިހަމަ ގޮތުގައި ލިބެން ނެތުމުގެ ސަބަބުން އެ ރަށްތަކުގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެންމެ ކަމެކެވެ. "ފޮއްތެޔޮފަޅަށް" ނުވަތަ ހިކިފަހަށް ވުރެ ފަޅު ބޮޑު އެ އަތޮޅުގެ އެހެން ފަޅެއްގައި ނަމަވެސް މުޅި އަތޮޅުގެ އާބާތީ އެއްފަސްކުރުމެވެ.

"ހަޤީޤަތުގައި ބަލާއިރު އެއީ ކަންނޭނގެ މި އަތޮޅުގެ ރައްޔިތުންނަށް އޮތް ހައްލަކީ. ސަރުކާރުން މި ރަށްތަކަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެގެނެއް ނުދާނެ އެއްފަސް ކުރުމުންނެއް. އެއީ ސަރުކާރަށް ވަރަށް ބޮޑުތަނުން ލުއިވެގެންދާނެ ކަމެއް" ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވިއެވެ.

ވ. އަތޮޅުގެ ރައްޔިތުން އެއްފަސް ކުރުމަކީ ޒަމާނުއްސުރެ އެ އަތޮޅުގެ ރައްޔިތުންގެ އާދޭހެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި 2005 ވަނަ އަހަރު ވެސް އެ އަތޮޅުގެ ރައްޔިތުން އެއްފަސް ކުރުމަށްޓަކައި މަޝްވަރާތައް ކުރެވި، ފޯމްތައް ފުރުމުގެ އިތުރުން އެކަމަށް ބަޖެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

"އަޅުގަނޑުމެން ގޭގެއަށް ޒިޔާރަތްކޮށް ގޭގެގެއިން އެކަމަށް ބޭނުންވާ މީހުންގެ ފޯމްތައް ފުރާ ސަރުކާރާ ހަމައަށް އަޅުގަނޑުމެން ފޯމްތައް ގެންދިޔައިން. އޭރު ވެރިއަކަށް ހުންނެވީ މައުމޫން. މައުމޫން ސަރުކާރުގައި އަޅުގަނޑާއެކީ އެ މަސައްކަތް ކުރި މީހަކީ ހަމްދޫން ހަމީދު. ހަމްދޫން އެކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން. ހަމްދޫނު ބުނި ގޮތަކަށް އަޅުގަނޑު އެކަން ކުރިއަށް ގެންދިޔައިން" ރަކީދޫގެ ކުރީގެ ބޮޑު ކަތީބު އަބްދުލް ހާރިސް އިދްރީސް ވިދާޅުވިއެވެ.    

އެ މަސައްކަތް އެހިސާބުން ހުއްޓިފައި އޮތުމަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވ. އަތޮޅުގެ ރަށު ކައުންސިލުތައް އެއް މޭޒެއްގައި ބައްދަލުކޮށް އަނެއްކާ ވެސް އެއްފަސްކުރުމުގެ މަޝްވަރާތަކެއް ފެށުނެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ދެ ރައީސުންނާއެކު ވެސް މި މަޝްވަރާތައް ކުރެވި، މިކަމުގައި އަމަލީ މަސައްކަތެއް އެއްވެސް ސިފައެއްގައި ފެނިފައެއް ނުވެއެވެ.

ވ. އަތޮޅުގެ ކެޔޮދޫގައި ބިމުގެ ދަތިކަން ދިމާވެފައިވާއިރު އެ އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް ފެލިދޫގައި އާބާދީ މަދުވެ، ތައުލީމު ހާސިލްކުރާނެ ކުދިން ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުންނެވެ. އަދި ތިނަދޫ އާއި ރަކީދޫގެ ސުކޫލް މިހާރު ބަންދުކޮށްފައިވާއިރު އެ ރަށުގައި ދިރިއުޅޭ އާބާދީ ވަނީ މަދުވެފައެވެ.

ވ. އަތޮޅުގެ ގިނަ ރަށްތަކެއް ފަޅު ވެދާނެކަމަށް ބެލެވިފައިވާއިރު ރަކީދޫގެ ރައްޔިތުން ވެސް ބޭނުން ވަނީ އެ އަތޮޅުގެ ރައްޔިތުން އެއްތަނަކަށް އެއްފަސްވެ، އެކުވެރި ކަންމަތީގައި ދިރިއުޅޭނެ ދުވަހެއް ފެނިގެން ދިޔުމެވެ.

"މި ބުނާ ގޮތަށް އަހަރުމެން އަތޮޅު އެންމެ އެއްފަސްކޮށްފިއްޔާ އެތަނުން ވަޒީފާ އާއި ހުރިހާ ކަމެއް ހަމަޖެހޭނެ އެގޮތަށް އަހަރުމެން އުންމީދު ކުރަނީ. އެ އުންމީދުގައި އަހަރުމެން މި ތިބެނީ އަބަދުވެސް" އުމުރުން 63 އަހަރުގެ މޫސަ ބުންޏެވެ.  

އެ ރަށު ކައުންސިލްގެ ފަރާތުން ވަނީ ދާދި ފަހުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައި އަތޮޅުގެ ރައްޔިތުން ޒަމާނުއްސުރެ އުންމީދު ކުރަމުންދާ "އެއްފަސްވުމުގެ ހުވަފެން" ހަޤީޤަތަކަށް ހެދޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެ ކައުންސިލުން ތިބީ މި ސަރުކާރުން އެ އަތޮޅު އެއްފަސް ކުރުމުގެ ދެވަނަ މަޝްވަރާތަކަށް ސަރުކާރުން ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Saddam

3 ހަފްތާކުރިން

Thiee varah rangalhu kameh ekamu alhugandu ge suvaalakee thidhennevi gothah ehfas kuraane baa ay miee alhugandu ge hiyaaleh mulhi dhivehi raajje eba jehay 5 zone akah bahaalan ayrun kommeh zone akah 4 atholhu ge meehun ehfas kuraany ayrun dhivehi raajjeygai onnaany meehun dhiri ulhey 5 zone nuvatha 5 atholhu ayrun raiyyithun thibaynee ufalugai hinhama jehigen

3
0
haathy

3 ހަފްތާކުރިން

rinbudhoon meehun baaladheebala

1
0