23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަލްޖީރިއާ

އަލްޖީރިއާގައި ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށްފި

  • ވަނަ އަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން ހަށިގަނޑުން ވަރު ނެތި، ރައީސް ބޫތެފްލިކާ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނީ ފުރޮޅުލީ ގޮނޑިއެއްގައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 1 މާރޗް 2019 | ހުކުރު 00:14 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ނޫސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިއަކު ހައްޔަރުކުރަނީ -- އޭއެފްޕީ

އަލްޖީރިއާގައި ކުރިއަށްދިޔަ އިހުތިޖާޖެއްގައި ބައިވެރިވި ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށްފިއެވެ.

ޕްރިންޓް އަދި ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ 100 އަށްވުރެ ގިނަ ނޫސްވެރިން އިހުތިޖާޖު ކޮށްފައިވަނީ އަލްޖީރިއާގެ ރައީސް އަބްދުލްއަޒީޒް ބޫތެފްލިކާ ފަސްވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމާއި ދެކޮޅަށް، އެ ޤައުމުގައި ކުރިއަށްގެންދާ މުޒާހަރާތައް ކަވަރު ކުރުމަށް ހުރަސްއަޅައި، މުޒާހަރާގެ ކަވަރޭޖްތައް ސެންސަރު ކުރާތީއެވެ.

އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ބުނީ ނޫސްތައް ހިންގާ އިސް ފަރާތްތަކުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅަމުންދާ ކަމަށެވެ. މި އިހުތިޖާޖުގައި ދައުލަތާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ އެކިއެކި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ސިއްހީ ހާލުކޮޅު ދެރަ ނަމަވެސް އުމުރުފުޅުން 81 އަހަރުގެ ރައީސް ބޫތެފްލިކާ، ރިޔާސީ ފަސްވަނަ ދައުރަކަށް ކުރިމަތިލައްވަން ގަސްތުކުރައްވާކަން ހާމަކުރެއްވުމާއި ގުޅިގެން ވޭތުވެ ދިޔަ ދުވަސްތަކުގައި އަލްޖީރިއާގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. 2013 ވަނަ އަހަރު ސްޓްރޯކެއް ޖެހުމާއި ގުޅިގެން ހަށިގަނޑުން ވަރު ނެތި، ފުރޮޅުލީ ގޮނޑިއެއްގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ރައީސް ބޫތެފްލިކާ ވޭތުވެދިޔަ 5 އަހަރެއްހާ ދިވަހު ރައްޔިތުންނަށް ފެނިފައިވަނީ މަދު މުނާސަބަތުތަކެއްގައެވެ.

ޤާނޫނަކުން މުޒާހަރާކުރުން މަނާކޯސްފައިވާ އަލްޖީރިއާގެ އެކި ސަރަޙައްދުތަކުގައި ރައީސް ބޫތެފްލިކާ އާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާއިރު، މި ހަފްތާގެ އާދީއްތަ ދުވަހު އެމަނިކުފާނު ވަނީ ސްވިޒަލޭންޑަށް ވަޑައިގެންފައެވެ. އަލްޖީރިއާގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރައީސް ބޫތެފްލިކާގެ މި ދަތުރުފުޅަކީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އޮންނަ އިންތިޚާބުގެ ކުރިން މެޑިކަލް ޗެކްއަޕްއެއް ހެއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް