20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ދިވެހި ފިލްމް އިންޑަސްޓްރީ

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފި

  • މި ތިން ފިލްމަކީވެސް ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓް ކޮށްފައިވާ ތިން ފިލްމް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ފެބުރުވަރީ 2019 | ބުރާސްފަތި 23:25 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ިތިން ފިލްމެއްގެ ޓްރެއިލާ ލޯންޗް ކުރުން -- ރާއްޖެއެމްވީ

މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތިން ފިލްމެއްގެ ޓްރެއިލާ ދައްކާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި ޓްރެއިލާ ދައްކާލާފައިވާ ތިން ފިލްމަކީ '40 ޕްލަސް'، 'ނަފްރަތުވުމުން' އަދި 'ދައުވަތު' އެވެ.

މި 3 ފިލްމުގެ ޓްރެއިލަރ ލޯންޗް ކޮށްދީފައިވަނީ ފިލްމީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އެކްޓްރެސް، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނިއުމާ މުހައްމަދުއެވެ.

މި ތިން ފިލްމުވެސް ޑައިރެކްޓް ކޮށްފައިވަނީ ފިލްމީ ތަރި ޔޫސުފް ޝަފީއުއެވެ.

މި ފިލްމުތަކުގެ ތެރެއިން '40 ޕްލަސް' އަދި 'ނަފްރަތުވުމުން' ޕްރޮޑިއުސް ކޮށްފައިވަނީ އިސްމާއިލް ޝަފީގްގެ "ޝައި ޕްރޮޑަކްޝަންސް' އިންނެވެ. 'ދައުވަތު' ޕްރޮޑިއުސް ކޮށްފައިވަނީ ވީމިޑިއާއިންނެވެ. މި ތިން ފިލްމްގެވެސް މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ.

ކޮމެޑީ ފިލްމު، ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ ފަސް ވަނަ ދުވަހުއެވެ.

ގިނަ އަދަދެއްގެ ފަންނާނުން ހިމަނައިގެން އުފައްދާފައިވާ އެ ފިލްމުގެ މައި ރޯލުތަކުން ފެނިގެންދާނީ އަލީ ސީޒަން، މުޙައްމަދު މަނިކު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަޙުމަދު އީސާ، މައިޝާ އަޙުމަދު ސައީދު، ޝީލާ ނަޖީބް، މުޙައްމަދު ފައިޞަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ)، އަދި ފާޠިމަތު އާޒިފާ (އަޒޫ)އެވެ. މީގެ އިތުރުން އެ ފިލްމުން ދާއިރާއަށް މުޅިން އަލަށް ގިނަ ފަންނާނުންތަކެއް ތައާރުފު ކުރާނެއެވެ.

ލޯބީގެ ވާހަކައަކަށް ތައްޔަރު ކުރާ ފިލްމް "ނަފްރަތުވުމުން" މިއަހަރުގެ އެޕްރީލް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ބިރުވެރި ފިލްމް "ދައުވަތު" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.  

މި ދެފިލްމްގައިވެސް ލީޑް ރޯލުން މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް