23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ހޮލީވުޑް

އެޑް ޝީރަން ކައިވެނިކޮށްފި

  • މިދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 28 ފެބުރުވަރީ 2019 | ބުރާސްފަތި 19:36 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެޑް ޝީރަން އާއި ޗެރީ ސީބޯން -- ދަ ސަން

ބްރިޓިޝް ސިންގަރ އަދި ސޯންގް ރައިޓަރ އެޑް ޝީރަން އޭނާގެ ލޯބިވެރިޔާ ޗެރީ ސީބޯން އާއި ކައިވެނި ކޮށްފިއެވެ.

ދަ ސަން އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ކައިވެނި ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އުމުރުން 28 އަހަރުގެ ޝީރަން އާއި ޗެރީ 2015 ވަނަ އަހަރުން ފެށިގެން ދަނީ ޑޭޓް ކުރަމުންނެވެ. ޗެރީ އަކީ ކުޑައިރުން ފެށިގެންވެސް ޝީރަން ދަންނަ މީހެކެވެ.

ސަފޯކްގައި ހުންނަ ޝީރަން ގެ ގޭގައި ބޭއްވި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ އޭނާގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 އަކަށް މީހުންނެވެ.

ނަމަވެސް "ފެސްޓިވަލް – ސްޓައިލް ޕާޓީ" ސަމާރ ގައި ބޭއްވުމަށް މިދެމީހުން ރާވަމުންދާ ކަމަށް ގާތްމީހަކާ ހަވާލާދީ ރިޕޯޓް ކޮށްފައި ވެއެވެ.

ޝީރަން އިންސްޓަގްރާމްގައި އޭނާގެ އެންގޭޖްމަންޓް އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ޝީރަން މަދުމަދުން ނަމަވެސް އޭނާގެ ލޯބިވެރިޔާ ޗެރީ އާއިއެކު ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް