23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ދިވެހި ފިލްމް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

  • ފަސް ޝޯވެސް ވަނީ ހައުސްފުލްވެފައި
  • އަންނަ މާރަޗް މަހު އަތޮޅު ތެރޭގައި ވެސް ފިލްމް އެޅުވުމަށް ވަނީ ހަމަޖައްސާފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 19 ފެބުރުވަރީ 2017 | އާދީއްތަ 19:45 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ދިވެހި ފިލްމް "އަމާނާތުގެ" ޕްރޮމޯޝަނަލް ޕޯސްޓަރު -- ފޭސްބުކް

ގިނަ ބައެއްގެ މަގްބޫލުކަން ހޯދަފައިވާ ދިވެހި ފިލްމު "އަމާނާތް"އަށް 19 އަހަރު ފަހުން ވެސް މިވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

 

މި ފިލްމަށް އޮތް ތަރުހީބު ހާމަ ވެގެން ދިޔައީ މިހިނގާ ފެބުރުއަރީ މަހުގެ 14 އިން 18 އަށް އޮލިމްޕަހުގައި އެޅުވި ފަސް ޝޯވެސް ހައުސްފުލް ވެގެން ދިއުމުންނެވެ.

 

މި ފިލްމަށް އޮތް ތަރުހީބު އެނގިގެން ދިޔަ އެއް ކަމެއްގެ ގޮތުގައި  ފިލްމްމުގެ ޕްރޮޑިއުސަރ މުހައްމަދު ނިޔާޒް (ޓެޑްރީ) ފާހަގަ ކޮށްފައިވަނީ ގިނަ ބަޔަކު ބަލަމުންދާ "މޯލްޑިވިއަން އައިޑޮލް" ޝޯ ބޭއްވި ދެރޭ ވެސް "އަމާނާތް"ގެ ޝޯތައް ހައުސްފުލް ވެފައި ވުމެވެ.

 

ފިލްމް އެވޯޑްސްގައި 12 އެވޯޑްސް ލިބިފައިވާ އެޓާނަލް ޕިކްޗާރސްގެ މި ފިލްމްގެ ކާމިޔާބު ފަސް ޝޯ މާލޭގައި ދައްކާ ނިންމާލި އިރު އަތޮޅު ތެރޭގައި ވެސް މި ފިލްމް ބަލައިލުމަށް ގިނަ ބަޔަކު ބޭނުންވާ ކަން ހާމަވެގެން ގޮސްފައިވަނީ ފިލްމް އެޅުވުމަށްޓަކައި 25 އަށް ވުރެ ގިނަ ރަށުން އެދިފައިވާތީ އެވެ.

 

އެހެންކަމުން އަންނަ މާރޗް މަހުގެ އެކަކުން ފެށިގެން އަތޮޅު ތެރޭގައި ވެސް މި ފިލްމް އެޅުވުމަށް ވަނީ ހަމަޖައްސާފައެވެ.

 

މަހުދީ އަހުމަދު ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލަވަތައް އަދިވެސް ދަނީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުންނެވެ.

 

އެގޮތުން " އޯގާވެރިވޭ ލޯބިވާ" މިލަވައަކީ ފަނޑުވުމެއްނެތި އަދިވެސް ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެއްލަވައެވެ.

 

މާލެއާއި އައްޑޫ ސިޓީގައި ޝޫޓް ކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމު "ދެރިޔާ" އިން  ވިދާލި އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތިމަތު ރަމީޒާ އެވެ.

 

މި ފިލްމަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި ހިންދީ ފިލްމް މައުސޫމް އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

 

ޓެޑްރީގެ ފިލްމް "އަމާނާތަށް" ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ޓެޑްރީ މިވަނީ އޭނާގެ ދެވަނަ ޑައިރެކްޝަން "ލަސްވިޔަސް" ގެ މަސައްކަތް ފަށާފައެވެ.

 

އެ ފިލްމްގެ ޓީޒާ އާންމުކޮށްފައިވާއިރު މި ޓީޒާއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހިމްއެވެ.

 

މި ފިލްމުގެ ސްޓޯރީއާ ބެހޭ ގޮތުން ޓެޑްރީ އެއްވެސް އެއްޗެއް އަދި ބުނެފައި ނުވި ނަމަވެސް ޓީޒާ ބަލާ މީހުނަށް ޒޯޔާ ފެނިގެންދަނީ ކުޑައެއް އަޅައި، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ގޮނޑިއެއްގައި އިށީނދެ އިންނަ މަންޒަރެވެ.

 

ޓީޒާއިން ފެންނަ އިރު ޒޯޔާގެ ބޯ ވެސް ވަނީ ބާލާފައެވެ.

 

ފެންނަ ފެނުމަށް މިއީ ބިރުވެރި ފިލްމެއް ކަމަށް ބައެއް މީހުން ސިފަ ކުރާއިރު އަނެއް ބަޔަކު ބުނަމުން ދަނީ ޒޯޔާއަކީ މި ފިލްމްގައި އޭލިއަންއެއް ކަމަށެވެ.

 

އަދި މި ފިލްމު ރަސްމީކޮށް ލޯންޗް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

 

"ލަސްވިޔަސް މިއީ ދިވެހި ފިލްމް "ދެރިޔާ" އިން ބޮޑު އިންގިލާބީ ބަދަލެއް ގެނައި ޓެޑްރީގެ ދެ ވަނަ ފީޗާ ފިލްމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް